ޖުލައި 1, 2025

4،000 ފްލެޓުގެ އެއްބަސްވުން ހަދާނީ 25 އަހަރަށް، ރަޖިސްޓްރީ ދޭނީ ކުލި ހަލާސްކުރުމުން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ތަރައްގީ ކޮށްފައިވ 4000 ފްލެޓުތައް ރަޖިސްޓްރީ ކޮށްދޭނީ ކުލި ނުވަތަ އިންސްޓޯލްމަންޓް ފައިސާ ދައްކައި ހަލާސްކުރުމުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި މުއްތަލިބު މިއަދު ވިދާޅުވީ އެ ފްލެޓުތަކުގެ އެއްބަސްވުން މި ވަގުތު ހަދަން ނިންމާފައިވަނީ 25 އަހަރަށް ކަމަށެވެ. އެހެންކަމުން ފްލެޓުތައް ރަޖިސްޓްރީ ކޮށްދޭނީ އެ މުއްދަތަށް ޖެހޭ ކުލި ނުވަތަ އިންސްޓޯލްމަންޓް ފައިސާ ދެއްކުމުން ކަމަށް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެގޮތަށް އުސޫލު ބަދަލުކުރީ ސަރުކާރުން ދޫކުރާ ފްލެޓުތަކަށް ކުލި ނުދައްކާތީ ކަމަށާއި އެހެން އޮތުމުން ކުލި ނުދައްކާ ފަރާތްތަކާއި ދޭތެރޭ ފިޔަވަޅު އަޅަން ސަރުކާރަށް ފަސޭހެވެގެންދާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިހުން މިހާރު ފާސްކުރަން ތައްޔާރުވަމުން އަންނަ ގެދޮވެރިވެރިކަމުގެ ބިލުގައި ފްލެޓުތައް ދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

”މިހާރު މި ދޭ ފްލެޓުތައް ދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނައުން. އެއްގޮތަކީ ބޭންކު މޯގޭޖު ފައިނޭންސްގެ ތެރެއިން ލުއި ފަސޭހަތަކެއްގެ ތެރެއިން އެ މީހުންނަށް މޯގޭޖެއްގެ ގޮތުގައި އެ ތަން ދިނުން. އަނެއް ގޮތަކީ ކުލި ދައްކާ ގޮތަށް ވަކި މުއްދަތެއް ދިނުމަށް ފަހު، އެ މުއްދަތު ހަމަވީމާ އެ ފަރާތްތަކަށް އެ ތަން މިލްކުވާ ކަހަލަ އުސޫލެއް ކަނޑައެޅުން،“ މުއްތަލިބު ވިދާޅުވި އެވެ.

10 Comments

  • Shahu Binth Shamym ޖޫން 28, 2025

    vagu kaleyge

  • Raz Abdul ޖޫން 28, 2025

    😡😡😡😡😡😠😠😡😡

  • Seeha Seera ޖޫން 28, 2025

    Ragalhah tihadanee baraabau hama mihaaru ves kuli nudahkaa meehun ginaee

  • A Ahmed ޖޫން 28, 2025

    Hiya flat thakuga libun meehunah molhee registed vefa rent nudhekeema rent maafa kondhinee molhu hama kaleymen ge nimun,

  • Abulho Lhw ޖޫން 28, 2025

    Kuli nudhakaa myhun gaathin athulanfeney

  • Abdulla Sodhig ޖޫން 28, 2025

    Ragalhah thi hadhany .. libuneema bodu agugai ehn meehakah dheny…

  • Nesreen Nis ޖޫން 29, 2025

    Varah Baraabaru nimmumeh.

  • Atheeka Aish ޖޫން 29, 2025

    👏👏👏👏👍

  • Wafaa Maha ޖޫން 29, 2025

    Varah Rangalhu ninmumeh.. makaraa heelathun flat hoadhaafa kulli nudhakka bodu aguga kuyyah dheegen gos beyru gaumuthakuga gina meehun.

  • Shabana Aminath ޖޫން 30, 2025

    Baraabaru

Leave a Reply to Seeha Seera Cancel reply