އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ޕަބްލިކްސް ވޯކްސް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އާންމުންނަށް ގެއްލުމެއް ވެދާނެ ކަމަށް ފެންނާތީ، މާފަންނު އޯކިޑް ޕްލާޒާ އިމާރާތް ތަޅާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
އެ މަސައްކަތް މިއަދު ފެށުމާ އެކު މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވާލެއްވުމަށް މިނިސްޓަރު އާދަމް ޝަރީފު އުމަރު އެ ސަރަހައްދަށް ވަޑައިގެންނެވި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ
ބުރުޒު މަގުގައި ހަތަރު ފްލޯއަށް ހުންނަ އޯކިޑް ޕްލާޒާއަކީ ސަރުކާރުގެ ކުރީ ޝިޕިން ކުންފުނި، އެމްއެންއެސްއެލް އިން އިމާރާތްކޮށް މީހުން ދިރިއުޅެން ކުއްޔަށް ދޭން ހެދި ތަނެކެވެ. ނަމަވެސް، އެތަނުގައި ދިރިނޫޅެވޭ ވަރަށް އިމާރާތް ބާވުމުން، އެތަނުން މީހުން ނެރެ ފަޅަށް ދޫކޮށްލާފައި އޮންނަތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ.
ފަޅަށް ހުރި އެ އިމާރާތުގެ ތެރެއަށް އޭގެ ފަހުން މަސްތުވާތަކެތި ބޭނުންކުރާ މީހުން ވަދެ އުޅޭ މައްސަލަ ވެސް ވަރަށް ބޮޑުވި އެވެ. އަދި އެމީހުންގެ ސަބަބުން އެތަނުގައި އަލިފާނުގެ ބައެއް ހާދިސާތައް ވެސް ހިނގި އެވެ.




2 Comments
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި