އިދިކޮޅު އެމްޑީޕީއަށް 20 އަހަރުފުރުން ފާހަގަ ކުރުމަށްޓަކައި އަންނަ ހުކުރުދުވަހު ބާއްވަން ހަމަޖެއްސި ދުވުން، ހުޅުމާލޭ ސެންޓްރަލް ޕާކް ވަށާ އޮންނަ ސަރަހައްދުގައި ކުރިއަށްގެންދަން އެޗްޑީސީން ހުއްދަ ނުދިނުމުން މާލޭ މަޖިދީމަގަށް ބަދަލު ކޮށްފިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަންލަތީފް ވިދާޅުވީ، ސެންޓްރަލްޕާކް ވަށާ ދުވުން ބޭއްވުމުގެ ހުއްދައަށް އެދި ދެފަހަރެއްގެމަތިން އެޗްޑީސީއަށް ސިޓީ ފޮނުވި ކަމަށެވެ. ފުރަތަމަ ސިޓީ ފޮނުވީ 22 ޖޫންގައި ކަމަށާއި، ދެވަން ސިޓީ ފޮނުވީ މިމަހުގެ ހަ ވަނަ ދުވަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އެސަރަހައްދުގައި ދުވުން ބާއްވަން ހުއްދަ ނުދެއްވައި އެ ހަރަކާތް ހުޅުމާލެ ފޭސް ދޭއްގެ ރުއްގަނޑު ސަރަހައްދުގައި ބާއްވަން އެޗްޑީސީން އެދިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ނިއުސްކޮންފަރެންސްގައި އެމްޑީޕީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، އެކަމާގުޅިގެން އަންނަ ހުކުރުދުވަހު ބާއްވަން އޮތް ދުވުން، ހުއްދައަކާ ނުލައި މިމަހު 25 ވަނަ ދުވަހު މާލޭ މަޖީދީމަގުގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ދުވުން ބާއްވަން ހުއްދަ ނުދިނީ ރައީސް މުއްއިޒަށް ތާއީދުނެތްކަން އެގި ބިރުފުޅުން ކަމަށެވެ. އަދި އެކަމަކީ ވާދަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ހުރައް އެޅުއްވުން ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ރާއްޖޭގެ މިނިވަންދުވަހާ ދިމާކޮށް ހުއްދައަކާ ނުލައި އެމްޑީޕީގެ ދުވުން މަޖީދީ މަގުގައި ބާއްވާނެ ކަމަށާއި، އެ ދުވުން ހިޔާ ވަރެއްގެ މިނިވަންކަމެއް އޮތްކަން އެނގިގެންދާނެ ކަަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދުވުން ހުއްޓުވަށް ސަރުކާރުން ކޮންމެކަމެއް ކުރިއަސް 25 ވަނަ ދުވަހު އެ ދުވުން ބާއްވާނެކަމަށެވެ.
ހަސަންލަތީފް ވިދާޅުވީ ވޭތުވެދިޔަ 20 އަހަދު ދުވަހުގެ ތެރޭގައި ދިވެހި ރައްޔިތުންނާއި ދިވެހި ގައުމަށް އެމްޑީޕީން ކޮށްދީފައިވާ އެކިއެކި ހިދުމަތްކާއި، އެމްޑީޕީން ހޯދައިދީފައިވާ ކާމިޔާބީތަކާއި ހިދުމަތްތަކާއި ތަރައްގީ ރަމްޒުކޮށްދޭ ދަންމަރެއް މި ދުވުމުގައި ބޭނުންކުރާނެ ކަމަށެވެ.
މާލޭގައި ބާއްވާ ދުވުމަށްފަހު އެ ދަންމަރު ރާއްޖޭގެ މީހުން ދިރިއުޅޭހުރިހާ ރަށަކަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ދަންމަރާއެކު ކޮންމެ ރަށެއްގައިވެސް އެމްޑީޕީގެ އަހަރީ ދުވަހުގެ ަރަކާތްތައް ކުރިއަށްދާނެ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.




2 Comments
ގުޅުންހުރި
ފަހި ފްލެޓުތަކުގެ ޑިޕޮސިޓަށް ދެއްކި ފައިސާ ކުލިން އުނިކުރަން ނިންމައިފި
ހަންގަނޑު އުޖާލާކޮށްދިނުމުގެ އިތުރުން އަލަނާސިން އަންހެނުންނަށް ވަކި ފައިދާއެއް ލިބޭތަ.؟
މަރުވެފައި އޮއްވައި ފެނުނީ ލޯންޗަކަށް އަރަން އުޅެނިކޮށް ވެއްޓުނު ކަނޑަށް ވެއްޓުނު
ޓްރެފިކް ގަވާއިދުތަކަށް އަމަލުކުރުން ވާޖިބު، ދީނުގައި ގެއްލުންދިނުމެއް ނެތް: ހުތުބާ
ފަހި ފުލެޓުތަކުގެ މަހު ކުއްޔާއި ޑިޕޮސިޓަށް ގެނައި ބަދަލުތައް އާންމުކޮށްފި
ރައީސް އާދީއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ