ޑޮލަރު ރޭޓު މިއިން ދުވަހަކުވެސް މަތިނުވާ ވަރަށް މަތިވެއްޖެ އެވެ.
ޑޮލަރުގެ ކަޅު ބާޒާރުގައި މިހާރު ޑޮލަރެއްގެ އަގު 20. 20 ރުފިޔާއަށް މަތިވެފައިވާ ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.
މާލޭގައި ހިންގާ ބައެއް ބޭރުފައިސާ މާރުކުރާ ތަންތަނުން ވެސް މިއަދު ޑޮލަރެއް ވިއްކަމުން ދަނީ 20.20 ރުފިޔާ އަށެވެ.
ކަޅު ބާޒާރުގައި ޑޮލަރު މިހާ ވަރަށް ބޮޑުވިއިރު މީ މިފަހުގެ ތާރީހެއްގައި ޑޮލަރުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
މީގެ ކުރިން ޑޮލަރުގެ އަގު އެންމެ ބޮޑަށް އުފުލުނީ 2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑުގެ ހާލަތުގަ އެވެ. ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތް އެ ދުވަސްވަރު ވެސް ޑޮލަރުގެ އަގު 20 ރުފިޔާއަށް ނާރަ އެވެ.

12 Comments
ގުޅުންހުރި
ތިނަދޫގެ 200 ރޯހައުސްއަށް ކުރިމަތިލާން ހުޅުވާލައިފި،
އައްޑޫގައި ފިލްމު ބަލާފަައި ނުކުމެ ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާވެއްޖެ
ލިބުނު މައުލޫމާތަކާ ގުޅިގެން ރެހެންދި ސްކޫލަށް ފުލުހުން ވަދެއްޖެ!
ސިނގިރޭޓް އެތެރެކުރި އަދަދު އާދަޔާ ހިލާފަށް ދަށްވެއްޖެ
ނުރައްކާތެރި ކުށްތައް ކުރަން ހަތިޔާރު ޖަމާކޮށްފައި ހުއްޓާ ހޯދައި، ތިން މީހަކު
އާބާދީ ކުޑަޔަސް، ބްލޮކް ގްރާންޓުގެ ފައިސާ އިތުރުކޮށްދޭން ނިންމައިފި