ޖުލައި 27, 2025

އާ ޓާމިނަލްގެ އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ ރައީސް ސޯލިހާއި ރައީސް ޔާމީނަށް: ރައީސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތް ފެށިފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަމަށާއި އެހެންވެ އާ ޓާމިނަލުގެ އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ އެ ދެ ބޭފުޅުންނަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާާޅުވީ އާ ޓާމިނަލަކީ ވަރަށް ބުރަ މަސައްކަތުން ނިމުނު ތަނެއް ކަމަށެވެ. ރައީސް ވިދާޅުވީއެ މަޝްރޫއަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

”ދެ ސަރުކާރެއްގެ ބުރަ މަސައްކަތް މީގައި ހިމެނޭ. މިއަދާ ހަމައަށް، އަޅުގަނޑުމެންނާ ހަމައަށް މަސައްކަތް ހަވާލުވީއިރު އެ ހިސާބަށް ގެނައުމުގައި،“ ރައީސް ވިދާޅުވި އެވެ.

”މި މަސައްކަތް ފެށިގެން އައީ ރައީސް ޔާމީނުގެ ވެރިކަމުގައި ކަމަށްވާތީ އެ މަނިކުފާނަށާއި، އެއަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަމަށްވާތީ މި ދެ ރައީސުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.“

އެ މަނިކުފާނު ވިދާޅުވީ  ރާއްޖޭގެ 60 ވަނަ ފަޚުރުވެރި މިނިވަން ދުވަހާ ގުޅިގެން އާ ޓާމިނަލް ހުޅުވީ އެއީ އިގްތިސޯދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަށްވާތީ ކަމަށެވެ.

ރައީސް ވިދާޅުވީ އައު ޓާމިނަލަކީ ރާއްޖޭގެ ތަރައްގީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

4 Comments

  • Ju Ma IL ޖުލައި 26, 2025

    Ribbon 🎀

  • Solih Mohamed ޖުލައި 26, 2025

    Grateful to President Dr Mohamed Muizzu for acknowledging the efforts of former Presidents Yameen and Solih. Special thanks to President Yameen for his decisive action in reclaiming the terminal from foreign control, a move that laid the foundation for what we celebrate today.
    Progress is always a journey, and credit belongs to every leader who played a role in shaping this vision. Let’s continue building a stronger, self-reliant Maldives together. ✈️ 🤝 dho Vaadhoo Hambe

  • Monaj Mon ޖުލައި 26, 2025

    Kaleyge dhauru ninman jeheynee aakameh nukurevi e 2 raeesun kohfa huri kankamuge ribbon kedumuga holhi kazzaabu

  • Abdulla Zaheen ޖުލައި 27, 2025

    ޙައްޤު ހޯދަން މީހަކު ދަޢުވާ ކުރިތަ. ދެމީހުންނަށް %60 އެކަކަށް%40. ޙައްޤު ބެހުމުގެ ހިސާބު

Leave a Reply to Monaj Mon Cancel reply