ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތް ފެށިފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަމަށާއި އެހެންވެ އާ ޓާމިނަލުގެ އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ އެ ދެ ބޭފުޅުންނަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާާޅުވީ އާ ޓާމިނަލަކީ ވަރަށް ބުރަ މަސައްކަތުން ނިމުނު ތަނެއް ކަމަށެވެ. ރައީސް ވިދާޅުވީއެ މަޝްރޫއަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
”ދެ ސަރުކާރެއްގެ ބުރަ މަސައްކަތް މީގައި ހިމެނޭ. މިއަދާ ހަމައަށް، އަޅުގަނޑުމެންނާ ހަމައަށް މަސައްކަތް ހަވާލުވީއިރު އެ ހިސާބަށް ގެނައުމުގައި،“ ރައީސް ވިދާޅުވި އެވެ.
”މި މަސައްކަތް ފެށިގެން އައީ ރައީސް ޔާމީނުގެ ވެރިކަމުގައި ކަމަށްވާތީ އެ މަނިކުފާނަށާއި، އެއަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަމަށްވާތީ މި ދެ ރައީސުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.“
އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ 60 ވަނަ ފަޚުރުވެރި މިނިވަން ދުވަހާ ގުޅިގެން އާ ޓާމިނަލް ހުޅުވީ އެއީ އިގްތިސޯދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަށްވާތީ ކަމަށެވެ.
ރައީސް ވިދާޅުވީ އައު ޓާމިނަލަކީ ރާއްޖޭގެ ތަރައްގީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.




5 Comments
ގުޅުންހުރި
ވަކިކުރީ 30 އަހަރަށްވުރެ ގިނަ ދުވަހު ކަސްޓަމަށް ހިދުމަތްކުރި ވަހީދާއި ރިޔާޒު
މިދިޔަ އަހަރު ފަށާނެ ކަމަށް ބުނި ޒިކުރާ މިސްކިތުގެ މަސައްކަތް މި
ވަގު ސިނގިރޭޓް މައްސަލާގައި ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރަކު މަގާމުން ވަކިކޮށްފި
”ޖެނެރޭޝަން ބޭން“އަށް އަމަލުކުރަން ފެށުމަށް 24 ގަޑިއިރުގެ ދުވުމެއް
ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ ހުޅުވައިފި
ސްލްކޯއިން ތުލުސްދޫގައި ގާއިމުކުރި ފެނުގެ ނިޒާމު އިފްތިތާހުކޮށްފި