ޖުލައި 30, 2025

މޫސަ މަރާލި ކަމަށް ކޯޓުގައި މުހައްމަދު އިއުތިރާފު ވެއްޖެ

ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ އިއްޔެ މަރާލި މޫސާ އިބްރާހީމްގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މުހައްމަދު އިބްރާހިމް، 29، އަސަރީ މަންޒިލް/ހދ. ނޮޅިވަރަންފަރު، މޫސަ މަރާލި ކަމަށް އިއުތިރާފުވެއްޖެ އެވެ.

ފުލުހުން އެ މައްސަލައާ ގުޅިގެން މުހައްމަދު ހައްޔަރުކޮށްފައިވަނީ އިއްޔެ އެވެ.

ފުލުހުން މިއަދު ބުނީ މުހައްމަދުގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ކޯޓުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރީ މޫސަގެ ކަރަށް ވަޅި ޖެހި ކަމަށް އިއުތިރާފުވުމުންނެވެ.

ފުލުހުން މިއަދު ބުނީ  މޫސާ އިބްރާހީމްގެ ހަށިގަނޑު ރޭ މާލެ ގެނައީ ތަހުގީގަށް ބޭނުންވާ އިތުރު ތަހުލީލުތައް ހެދުމުގެ ގޮތުން ރޭގެ ވަގުތެއްގައި ކަމަށެވެ.

ފުލުހުން އިއްޔެ ބުނީ އަނިޔާވެގެން މޫސާ އިބްރާހީމް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށާއި އެ ހާދިސާގެ ރިޕޯޓް ފުލުހަށް ލިބުނީ ހެނދުނު 10 ޖަހާކަށްހާއިރު ކަމަށެވެ.

އަދި ފުލުހުން ވަނީ މޫސަ މަރާލުމަށް ބޭނުންކުރި ވަޅި މޫދުން ހޯދައިފަ އެވެ.

11 Comments

  • މުޙައްމަދު ފިޝާވީން ޖުލައި 29, 2025

    ކުޅުދުއްފުށި ޕޮލިސް ސޮރު މަރާލާފަ އެސޮރު ވެސް ހަމަ ތިހެން ބުނީ ކޯޓުގައި.
    ބަރާބަރު 12 އަހަރު ފަހުން އެބަ އުޅޭ ބުނެވުނު އެތި އަނބުރާ ގެންގޮސްގެން .
    މިސާލަކަށް އެ ކޭސް އަށް ބަލައިގެން ކަންކަން ރަނގަޅު ކުރާތި .
    އެހެންވެ އެވާހަކަ ބުނެލަން މި އައީ

    • Cesc BeeDs ޖުލައި 29, 2025

      މުޙައްމަދު ފިޝާވީން އޯކޭ

  • Sameeru Ge Azu ޖުލައި 29, 2025

    Maadhan bunaane ehen ehcheh

    • Suwaidha Nizar ޖުލައި 29, 2025

      Sameeru Ge Azu aan bunaane nafsaanee massala akah bey kuramundhaa ehchekey😀

      • Sameeru Ge Azu ޖުލައި 29, 2025

        Suwaidha Nizar aanekey

  • Juway Hamyd ޖުލައި 29, 2025

    Dhen thi Mohamed maraalaa jehijeheenun

  • As Ma ޖުލައި 29, 2025

    Maadhama inkaaru kohfaane

  • ޝާފިއު ހަސަން ޖުލައި 29, 2025

    Self defense 😌😇😅

  • Alee Ashraph ޖުލައި 29, 2025

    ”وَلَكُمْ فِي الْقِصَاصِ حَيَاةٌ يَا أُولِي الْأَلْبَابِ لَعَلَّكُمْ تَتَّقُونَ“ މާނައީ: ”އޭ ބުއްދިވެރިންނޭވެ! ޤިޞާޞްގައި ތިޔަބައިމީހުންނަށްޓަކައި ދިރުމެއްވެއެވެ. (އެއީ) ތިޔަބައިމީހުން ތަޤްވާވެރި ވުމަށްޓަކައެވެ.“ މި އާޔަތުން ދޭހަވަނީ، ޤިޞާޞްގެ ހުކުމަކީ ބަދަލުހިފުމުގެ ކަމަކަށްވުރެ ބޮޑަށް، މުޖުތަމަޢުގައި ނަފްސުތައް ރައްކާތެރިކޮށް، މީހުން މެރުން ފަދަ ބޮޑެތި ޖިނާޢީ ކުށްތައް މަދުކުރުމަށް މަގުފަހިކޮށްދޭ ކަމެއް ކަމެވެ. އެހެނީ، ކުށެއް ކުރާ މީހަކަށް އެކަމުގެ އަދަބު ލިބޭނެކަން އެނގުމުން، އެފަދަ ކުށްތަކަށް އަރައިގަތުމުން މީހުން ދުރުހެލިވާނެއެވެ.

  • Asma Hussain ޖުލައި 30, 2025

    Thi kiyaa ehche adhi saafe nuvey…. mihaaru bandhuga ehuree kara valhi jehikamah ehbas vegen kama vanyyaa maadhan ves muhamad bunefaane ahrn moosa mara eh nulamey valhi ey jehee… dhen??????

  • Mary Shaiga ޖުލައި 30, 2025

    Eysoru eybas vaaney eynu. Eysora igey migaumuga meehaku meyriyas maa bodu kamey noon kan.

Leave a Reply