ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ އިއްޔެ މަރާލި މޫސާ އިބްރާހީމްގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މުހައްމަދު އިބްރާހިމް، 29، އަސަރީ މަންޒިލް/ހދ. ނޮޅިވަރަންފަރު، މޫސަ މަރާލި ކަމަށް އިއުތިރާފުވެއްޖެ އެވެ.
ފުލުހުން އެ މައްސަލައާ ގުޅިގެން މުހައްމަދު ހައްޔަރުކޮށްފައިވަނީ އިއްޔެ އެވެ.
ފުލުހުން މިއަދު ބުނީ މުހައްމަދުގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ކޯޓުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރީ މޫސަގެ ކަރަށް ވަޅި ޖެހި ކަމަށް އިއުތިރާފުވުމުންނެވެ.
ފުލުހުން މިއަދު ބުނީ މޫސާ އިބްރާހީމްގެ ހަށިގަނޑު ރޭ މާލެ ގެނައީ ތަހުގީގަށް ބޭނުންވާ އިތުރު ތަހުލީލުތައް ހެދުމުގެ ގޮތުން ރޭގެ ވަގުތެއްގައި ކަމަށެވެ.
ފުލުހުން އިއްޔެ ބުނީ އަނިޔާވެގެން މޫސާ އިބްރާހީމް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށާއި އެ ހާދިސާގެ ރިޕޯޓް ފުލުހަށް ލިބުނީ ހެނދުނު 10 ޖަހާކަށްހާއިރު ކަމަށެވެ.
އަދި ފުލުހުން ވަނީ މޫސަ މަރާލުމަށް ބޭނުންކުރި ވަޅި މޫދުން ހޯދައިފަ އެވެ.

12 Comments
ގުޅުންހުރި
ރައީސަށް ނިސްބަތްކޮށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަނީ
ފުލުހުންނަށް ނުބައި ނަމެއް ދިން މީހަކަށް ހަތަރު މަހުގެ ޖަލު ހުކުމެއް
ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރީގެ ގާޒީ ޖަމީލާއި ޝަހީދު އައްޔަންކުރަނީ
އަސްކޮއިގެ ހިއްސާދާރުން ހިމެނޭ ކުންފުނިތަކަށް އުމްރާ ހުއްދަ ނުދޭން ނިންމައިފި
އަބްދުއްރަހުމާން މަރުވީ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން: އޮޓޮޕްސީ ރިޕޯޓު
ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 163 މިލިއަން