މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސްޓޭޑް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ސާފު ފައިދާގެ ގޮތުގައި 163 މިލިއަން ލިބިއްޖެއެވެ.
އެސްޓީއޯއިން މިއަދު އާންމުކޮށްފައިވާ އެ ކުންފުނީގެ އަހަރުގެ ދެވަނަ ކުއާޓަރުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ވަނީ 3.5 ބިލިއަން ރުފިޔާ ލިބިފައެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އެސްޓީއޯއަށް ލިބުނީ ހަތަރު ބިލިއަން ރުފިޔާއެވެ. އެހެންކަމުން އެއީ 12 އިންސައްތައިގެ ދަށްވުމެކެވެ.
އެސްޓީއޯއިން ބުނީ ޖުމުލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ތެލުގެ އަގުތަކަށް ގެނެވުނު ބަދަލާއި އަދި ދެވަނަ ކުއާޓަރުގައި ތެލުގެ ޑިމާންޑް ދަށްވުމާ ގުޅިގެން ކަމަށެވެ.
ޖުމުލަ އާމްދަނީ ދަށްވުމާއެކު ޖުމުލަ ފައިދާގެ ގޮތުގައި ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ލިބިފައިވަނީ 574 މިލިއަން ރުފިޔާއެވެ. އެއީ ފުރަތަމަ ކުއާޓަރާ އަޅައި ބަލާއިރު ދެ އިންސައްތައިގެ ދަށްވުމެކެވެ. އެހެންނަމަވެސް އެ ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު ޖުމުލަ އާމްދަނީ ވަނީ އިތުރުވެފެއެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނީ 235 މިލިއަން ރުފިޔާއެވެ. ނަމަވެސް ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 263 މިލިއަން ރުފިޔާ ލިބިފައެވެ.
ޓެކުހަށް ކެނޑުމަށްފަހު، އެސްޓީއޯއަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނީ 163.2 މިލިއަން ރުފިޔާއެވެ. ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ ސާފު ފައިދާގެ ގޮތުގައި 168.7 މިލިއަން ރުފިޔާ ލިބިފައެވެ.




ގުޅުންހުރި
އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ބެންކޮކަށް
ހަށި ވިއްކަން ތިބި ބަޔަކު އަނެއްކާވެސް ހައްޔަރުކޮށްފި، ގިނަ އަދަދެއްގެ ޑޮލަރުވެސް
”ސިލޯނާއެކު ދިވެހިން“ ފަންޑަށް އެސްޓީއޯ ގްރޫޕުން 250،000 ރުފިޔާ
”ސިލޯނާއެކު ދިވެހިން“ ފަންޑަށް ސްޓެލްކޯއިން 250،000 ރުފިޔާ
ގެއްލުނު ކުއްޖާ ދެ ދުވަސްފަހުން އަމިއްލައަށް ގެއަށް، ހާލު ރަނގަޅު
ސަން ސިޔާމްގެ ފަރާތުން ލަންކާއަށް ދެ ލައްކަ ޑޮލަރު