ގދ. ފިޔޯރީގައި ރުކެއް ކަނޑަން އުޅުނު މީހެއްގެ މޭކަށިގަނޑު ބިދި ބޮޑު އަނިޔާއެއް ލިބިއްޖެ އެވެ.
އެ ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރެވެ. އެ ހާދިސާގައި އަނިޔާވީ އެ ރަށު ގަސްކަރަ، އަނީދު ސައީދު 38، އަށެވެ.
އެ ރަށުން މައުލޫމާތު ދިން މީހަކު ބުނީ އަނީދުއަށް އަނިޔާވީ ރުއް ކަނޑަން އެއްސި ވާ ފައިގައި އޮޅި، އޭނާ ދުރަށް ވިއްސައިގެން ދިޔުމުގެ ސަބަބުން ކަމަށެވެ.
އަނީދުގެ މޭކަށިގަނޑު ބިނދި، އިތުރު އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.
އަނީދު ފުރަތަމަ ގެންދިޔައީ ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ނަމަވެސް އޭނާއަށް މިހާރު ފަރުވާދެމުންދަނީ އައިޖީއެމްއެެޗުގައެވެ.




3 Comments
ގުޅުންހުރި
ރައީސްގެ ޕްރެސް ކޮންފަރެންސެއް މާދަމާ ހެނދުނު
މިއަހަރު 31 ހާފިޒުން ދަސްވެނިވެއްޖެ، ރެކޯޑު އަދަދެއް
ދެ އިންތިހާބު އެކުގައި ބޭއްވުމުން ރައްޔިތުން ކުރާ ހޭދަ ކުޑަވާނެ، ބައިވެރިވުން
ހަނގުރާމައާ ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 35 ޕަސަންޓަށް މަދުވާނެ:
ގޯތި ހޯދުމަށް ސައްހަ ނޫން ލިޔުންތައް ހެދި މައްސަލައިގައި ފަޒީލްއާއެކު އިތުރު
މުޒާހަރާއާ ގުޅިގެން މައުރޫފް ހިމެނޭހެން އަށް މީހެއްގެ މައްޗަށް ދައުވާކޮށްފި