އޯގަސްޓް 8, 2025

ރުކެއް ކަނޑަން އުޅުނު މީހެއްގެ މޭކަށިގަނޑު ބިނދި ބޮޑު އަނިޔާއެއް   

ގދ. ފިޔޯރީގައި ރުކެއް ކަނޑަން އުޅުނު މީހެއްގެ މޭކަށިގަނޑު ބިދި ބޮޑު އަނިޔާއެއް ލިބިއްޖެ އެވެ.

އެ ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރެވެ. އެ ހާދިސާގައި އަނިޔާވީ އެ ރަށު ގަސްކަރަ، އަނީދު ސައީދު 38، އަށެވެ.

އެ ރަށުން މައުލޫމާތު ދިން މީހަކު ބުނީ އަނީދުއަށް އަނިޔާވީ ރުއް ކަނޑަން އެއްސި ވާ ފައިގައި އޮޅި، އޭނާ ދުރަށް ވިއްސައިގެން ދިޔުމުގެ ސަބަބުން ކަމަށެވެ.

އަނީދުގެ މޭކަށިގަނޑު ބިނދި، އިތުރު އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

އަނީދު ފުރަތަމަ ގެންދިޔައީ ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ނަމަވެސް އޭނާއަށް މިހާރު ފަރުވާދެމުންދަނީ އައިޖީއެމްއެެޗުގައެވެ.