މިއަހަރު ތެރޭގައި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު އެއް ބިލިއަން ރުފިޔާއަށް ވުރެ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓެއްގައިވާ ގޮތުން ޖުލައި މަހުގެ ނިޔަލަށް، އެސްޑީއެފަށް ވަނީ 1.18 ބިލިއަން ރުފިޔާ ޖަމާކޮށްފަ އެވެ. ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި އެސްޑީއެފަށް ޖަމާކޮށްފައިވަނީ، 783.8 މިލިއަން ރުފިޔާ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން އެކިއެކި ފަރާތްތަކަށް ދައްކަންޖެހޭ ދަރަނި ދެއްކުމަށް މި އަހަރުގެ ފުރަތަމަ ހަތް މަހުގެ ތެރޭގައި، 3.5 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
ރިޕޯޓުގައި ބުނީ ދަރަނި ދެއްކުމަށް އެހާބޮޑު ހޭދައެއް ކުރަން ޖެހުނު ނަމަވެސް ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރުމުގެ ސަބަބުން، ބަޖެޓު އަރަނީގައި ދަމަހައްޓަމުން އައި އައުން ވަނީ ހަތް ވަނަ މަހަށް ދަންމާލައިފައި ކަމަށެވެ:




5 Comments
ގުޅުންހުރި
ރައީސްގެ ޕްރެސް ކޮންފަރެންސެއް މާދަމާ ހެނދުނު
މިއަހަރު 31 ހާފިޒުން ދަސްވެނިވެއްޖެ، ރެކޯޑު އަދަދެއް
ދެ އިންތިހާބު އެކުގައި ބޭއްވުމުން ރައްޔިތުން ކުރާ ހޭދަ ކުޑަވާނެ، ބައިވެރިވުން
ހަނގުރާމައާ ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 35 ޕަސަންޓަށް މަދުވާނެ:
ގޯތި ހޯދުމަށް ސައްހަ ނޫން ލިޔުންތައް ހެދި މައްސަލައިގައި ފަޒީލްއާއެކު އިތުރު
މުޒާހަރާއާ ގުޅިގެން މައުރޫފް ހިމެނޭހެން އަށް މީހެއްގެ މައްޗަށް ދައުވާކޮށްފި