ރާއްޖޭގައި ބާއްވާ ގެދޮރުވެރިކަމުގެ އެންމެ ބޮޑު އެކްސްޕޯ، މޯލްޑިވްސް ލިވިން އެކްސްޕޯ 2025 މިއަދު ފަށައިފި އެވެ.
މި އަހަރުގެ އެކްސްޕޯ ކުރިއަށްދާނީ މިއަދުން ފެށިގެން ފެށިގެން 17 ވަނަ ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 10:30 އާ ހަމައަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު އިވެންޓް ކުންފުނި، ހައިރައިސް އިން އިންތިޒާމު ކޮށްގެން ބާއްވާ މި އަހަރުގެ އެކްސްޕޯގައި 30 އަށްވުރެ ގިނަ ކުންފުނިން ބައިވެރިވެފައިވެ އެވެ،
އޭގެ ތެރޭގައި ރިއަލް އެސްޓޭޓް ކުންފުނިތަކާއި ފައިނޭންސިން ދާއިރާގެ ކުންފުނިތަކާއި ގެދޮރާއި ބޯހިޔާވެހިކަމާބެހޭ ކުންފުނިތައް ހިމެނެ އެވެ. އޭގެ އިތުރުން އިންޓީރިއާ ޑިޒައިންގެ ކުންފުނިތަކާއި އާކިޓެކްޗާގެ އިތުރުން ބޭންކުތަކުން ވެސް ޢެކްސްޕޯގައި ބައިވެރިވެ އެވެ.
އެހެން އަހަރުތަކާ އެއްގޮތަށް މިއަހަރުގެ އެކްސްޕޯ ތެރޭގައިވެސް ޕެނަލް ޑިސްކަޝަންތަކެއް ކުރިއަށްދާނެ އެވެ. އެ މަޝްވަރާތައް ކުރިއަށްދާނީ ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭގަނޑު 8:30 ގައެވެ.




4 Comments
ގުޅުންހުރި
އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ބެންކޮކަށް
ހަށި ވިއްކަން ތިބި ބަޔަކު އަނެއްކާވެސް ހައްޔަރުކޮށްފި، ގިނަ އަދަދެއްގެ ޑޮލަރުވެސް
”ސިލޯނާއެކު ދިވެހިން“ ފަންޑަށް އެސްޓީއޯ ގްރޫޕުން 250،000 ރުފިޔާ
”ސިލޯނާއެކު ދިވެހިން“ ފަންޑަށް ސްޓެލްކޯއިން 250،000 ރުފިޔާ
ގެއްލުނު ކުއްޖާ ދެ ދުވަސްފަހުން އަމިއްލައަށް ގެއަށް، ހާލު ރަނގަޅު
ސަން ސިޔާމްގެ ފަރާތުން ލަންކާއަށް ދެ ލައްކަ ޑޮލަރު