އޯގަސްޓް 17, 2025

ކައްދޫގައި އެކްސިޑެންޓުގައި އަނިޔާވި 64 އަހަރުގެ އަންހެން މީހާ މަރުވެއްޖެ

ލ. ކައްދޫގައި މިރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 65 އަހަރުގެ އަންހެން މީހާ މަރުވެއްޖެ އެވެ.

މިރޭ 7:30 ހާއިރު ކައްދޫ އެއާޕޯޓު ކައިރިން މަގު ހުރަސްކުރަން އުޅުނު ބައެއްގެ ގައިގައި ސައިކަލަކުން ޖެހިގެން ހިނގި މި އެކްސިޑެންޓުގައި ޖުމްލަ ހަތަރު މީހަކަށް އަނިޔާވި އެވެ.

އެ ހާދިސާގައި އަނިޔާވި ފަރާތްތަކުގެ ތެރޭގައި މަގު ހުރަސް ކުރަން އުޅުނު އުމުރުން ދުވަސްވީ އަންހެންމީހާ އާއި އޭނާގެ މާމަ ދަރިފުޅުގެ އިތުރުން ސައިކަލު ދުއްވަން އިން ފިރިހެން މީހާ އާއި އެ ސައިކަލު ފަހަތުގައި އިން އަންހެން މީހާ ހިމެނެ އެވެ.

އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން އަންނަނިކޮށް، ލ. މާވަށު، މަރިޔަމް މޫސާ މީގެ ކުޑައިރުކޮޅެއް ކުރިން މަރުވެފައިވާ ކަމަށް މާވަށު ކައުންސިލުން ބުންޏެވެ.

މަރިޔަމް މޫސާ އަކީ އެކްސިޑެންޓުގައި އަނިޔާވި އުމުރުން 65 އަހަރުގެ އަންހެން މީހާ އެވެ.

އެކްސިޑެންޓުގައި އަނިޔާވި ބާކީ ތިން މީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ނަމަވެސް އެ މީހުންގެ އުމުރާއި ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް އަދި މިވަގުތު ލިބިފައެއް ނުވެ އެވެ.

6 Comments

  • Ipher Sher އޯގަސްޓް 15, 2025

    اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ
    މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!
    آمیـــــن يارب العالمين.🤲

  • Zareena Abdhrahman އޯގަސްޓް 16, 2025

    ‎إنَّا لله وإنا إليه راجعون
    ‎މާތް الله, މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮ رحمة ލައްވައި ސުވަރުގޭގެ ދާއިމީ نعمة މިންވަރު ކުރައްވާށި!އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!آمیـــــــــــــن

  • Shameen Jihad އޯގަސްޓް 16, 2025

    اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ

  • Hassaan Abdul Gafoor އޯގަސްޓް 16, 2025

    Aameen 🤲🤲😭😭

  • Zahira Hasan އޯގަސްޓް 16, 2025

    Aameen🤲🤲

  • Ahmed Shahid އޯގަސްޓް 16, 2025

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎،
    މާތް ﷲ މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ!

Leave a Reply to Shameen Jihad Cancel reply