ލ. ކައްދޫގައި މިރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 65 އަހަރުގެ އަންހެން މީހާ މަރުވެއްޖެ އެވެ.
މިރޭ 7:30 ހާއިރު ކައްދޫ އެއާޕޯޓު ކައިރިން މަގު ހުރަސްކުރަން އުޅުނު ބައެއްގެ ގައިގައި ސައިކަލަކުން ޖެހިގެން ހިނގި މި އެކްސިޑެންޓުގައި ޖުމްލަ ހަތަރު މީހަކަށް އަނިޔާވި އެވެ.
އެ ހާދިސާގައި އަނިޔާވި ފަރާތްތަކުގެ ތެރޭގައި މަގު ހުރަސް ކުރަން އުޅުނު އުމުރުން ދުވަސްވީ އަންހެންމީހާ އާއި އޭނާގެ މާމަ ދަރިފުޅުގެ އިތުރުން ސައިކަލު ދުއްވަން އިން ފިރިހެން މީހާ އާއި އެ ސައިކަލު ފަހަތުގައި އިން އަންހެން މީހާ ހިމެނެ އެވެ.
އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން އަންނަނިކޮށް، ލ. މާވަށު، މަރިޔަމް މޫސާ މީގެ ކުޑައިރުކޮޅެއް ކުރިން މަރުވެފައިވާ ކަމަށް މާވަށު ކައުންސިލުން ބުންޏެވެ.
މަރިޔަމް މޫސާ އަކީ އެކްސިޑެންޓުގައި އަނިޔާވި އުމުރުން 65 އަހަރުގެ އަންހެން މީހާ އެވެ.
އެކްސިޑެންޓުގައި އަނިޔާވި ބާކީ ތިން މީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ނަމަވެސް އެ މީހުންގެ އުމުރާއި ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް އަދި މިވަގުތު ލިބިފައެއް ނުވެ އެވެ.

6 Comments
ގުޅުންހުރި
އިމާރާތެއްގެ ބައިތަކެއް ވެއްޓި ހަތަރު އުނޅަދަކަށް ބޮޑެތި ގެއްލުންތަކެއް
އަހަރުގައި ބާކީ 5 މަސް، ސަބްސިޑީއަށް ކަނޑައެޅި ބަޖެޓްގެ 99 ޕަސެންޓް
ރިޝްވަތު ދިން ވާހަކަ ދޮގުކޮށް ޔާމީން ގޮވައިގެން މައުމޫން ކޯޓަށް ދާން
ތުރުކީން ހަދިޔާ ކުރި ބޮޑު މަނަވަރު ”ދަރުމަވަންތަ“ އެމްއެންޑީއެފްއާ ހަވާލުކޮށް، ހިދުމަތަށް
ދަރިފުޅު ވޭޕް ސާމާނު ގައިގައި ބަނދެގެން އެތެރިކުރި ވާހަކައަކީ ދޮގެއް: ޝަހީމް
އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގައި އިތުބާރުކުރެވޭ ބައިވެރިއެއް: ރައީސް މުއިއްޒު