މެލޭޝިއާގެ ތެރެންގަނުން ސްޓޭޓުގައި މަގުބޫލު އުޒުރެއް ނެތި ހުކުރު އަޅާ މީހުން ޖަލަށް ލާން ނިންމައިފި އެވެ.
ތެރެންގަނުން ސްޓޭޓް ނިސްބަތްވާ ޕްރޮވިންސްގެ ޝަރީއާ ގާނޫނުގައި ބުނެފައިވާ ގޮތުން ފުރަތަމަ ފަހަރަށް ހުކުރު އަޅާ މީހެއްގެ އަދަބަކީ އެންމެ ގިނަވެގެން ދެ އަހަރު ދުވަހަށް ޖަލަށް ލުން އަދި 3،000 ރިންގިޓް (709 ޑޮލަރު) އިން ޖޫރިމަނާ ކުރުން ނުވަތަ ދެ އަދަބު އެއްފަހަރާ ދިނުމެވެ.
ހުކުރު އަޅާ މީހުން ދެނެގަތުމަށް ހަމަޖެހިފައިވަނީ ތެރެންގަނުން އިސްލާމިކް އެފެއާޒް ޑިޕާޓްމަންޓާއި އާންމުންނާއި ދީނީ ކަންކަމަށް އަމަލުކުރޭތޯ ބަލައި ކަށަވަރުކުރުމަށް އުޅޭ މީހުން ދޭ މައުލޫމާތުގެ މައްޗަށެވެ.
މެލޭޝިއާގައި ކުރިން ހުކުރު އަޅާ މީހުންނަށް ދޭ އަދަބަކީ ހަ މަސް ދުވަހަށް ޖަލަށްލުމާއެކު 236 ޑޮލަރުން ޖޫރިމަނާ ކުރުމެވެ.
މެލޭޝިއާގެ ސަރުކާރުން މި އަދަބު ތަންފީޒު ކުރުމަށް ނިއްމާފައި ވަނީ ހަމައެކަނި ދީނީ ސަބަބުތަކަށް އެކަންޏެއް ނޫނެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ދީންވެރިކަން އިތުރުވުމުގެ އިތުރުން ރީތި އަހުލާގާއި ސުލޫގު ދަމަހެއްޓިގެން ދާނެ ކަމަށް މެލޭޝިއާގެ ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް ބައެއް މީހުން މި އަދަބު ސިފަކޮށްފައި ވަނީ އިންސާނުންނަށް ދެވިގެންދާ އަނިޔާއެއްގެ ގޮތުގައެވެ.




10 Comments
ގުޅުންހުރި
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި