ގެއްލިގެން ހޯދަމުންދިޔަ ”ކޮލަމާ“ ބޯޓު ފެނިއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.
”ކޮލަމާ“ ބޯޓު ގެއްލިގެން ހޯދަން ފެށީ ރޭ 10:00 ހާއިރު ލ. އަތޮޅުން ފުރިފަހުން ހަބަރެއް ނުވެގެންނެވެ. އެ ބޯޓު ދަތުރު ކުރަމުންދިޔައީ ހުވަދު އަތޮޅަށެވެ. ނަމަވެސް ބޯޓުގައި ތިބީ ކިތައް މީހުން ކަމެއް އެމްއެންޑީއެފް އަދި ފުލުހަކުންވެސް ނުބުނެ އެވެ.
ފުލުހުން ދެންމެ ބުނީ، ކޮލަމާ ބޯޓު ފެނިފައިވާ ކަމަށާއި ފެނިފައިވަނީ ގއ. ވިލިނގިލި ކައިރިން، އެކެފަރަ ސަރަހައްދުން ކަމަށެވެ. އަދި ބޯޓުގެ ކެޕްޓަން ޕޮލިސް ލޯންޗުގައި ގއ. ވިލިނގިއްޔަށް ގެންދިއުމަށް ދަތުރު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
އެ ބޯޓު ފެނުނީ ގއ. ކޮލަމާފުށި ދޯންޏަކަށެވެ. ކެޕްޓަން އިންޖީނު ރޫމު ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ އެ ދޯނީގައި ތިބި މީހުން ބޯޓަށް އަރައި ބެލުމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކެޕްޓަން މަރުވީ އިންޖީނު ދިޔަވާން ފެށުމުން, ދިޔަ ހިއްކަން އިންޖީން ރޫމަށް ފައިބައި އުޅެނިކޮށް ކަރަންޓު ސޯޓެއް ވެގެންނެވެ.




56 Comments
ގުޅުންހުރި
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު
ވިލިނގިލި ޑުރަގް ނެޓްވޯކު: އެކައުންޓްތަކުގައި 300 މިލިއަން ރުފިޔާ، 4 ލައްކަ
ޑުރަގް ވިޔަފާރިކޮށް މަނީ ލޯންޑާކުރާ ބޮޑުން ހޯދަން ގއ. އަތޮޅުގައި ބޮޑު
ކިނޮޅަސް ކައިރިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ
ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި ނޭޕާލް ބަޔަކު ހައްޔަރުކޮށް ޑީޕޯޓްކޮށްލަން ނިންމައިފި
13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލަ: 17 އަހަރުގެ ކުއްޖާ