ކުލަގަދަ ހަފްލާއެއްގައި ދިވެހި ފިލްމް ”ކަނބުލޮ“ އޮލިމްޕަހުގައި 31 ވީ އޮގްސްޓްގެ ރޭ ޕްރިމިއާ ކޮށްފިއެވެ.
ސެޓާން ސްޓޫޑިއޯއާ ކިޑްޕްރޮޑަކްޝަން ގުޅިގެން އުފެއްދި މި ފިލްމު ލައުންޗްކޮށްދެއްވީ ދިވެހި ފިލްމީ ދާއިރާގައި އެންމެ ގިނަ ފިލްމު ޕްރޮޑިއުސްކުރައްވާފައިވާ އަދި އެންމެ ބޮޑު އަމިއްލަ ސްޓޫޑިއޯގެ ގޮތުގައި ފެނުނު ސްލޭމް ސްޓޫޑިއޯގެ ވެރިޔާ އަސްލަމް ރަޝީދުއެވެ.
ކަނބުލޮވެގެން ދިޔައީ މި އަހަރު ބެލުންތެރިން އެންމެ އިންތިޒާރު ކުރި އެއް ފިލްމަށެވެ.
މި ދެ ސްޓޫޑިއޯ ގުޅިގެން މިދިޔަ އަހަރު ނެރުނު ”ކަމަނަ“ގެ ކާމިޔާބަށްފަހު އެޅުވި މި ފިލްމާމެދު ބެލުންތެރިންގެ އުއްމީދު ބޮޑުވެގެން ދިޔަ އެއް ސަބަބަކީ ފިލްމުގެ ވާހަކައަކީ ހަގީގީ ހާދިސާއަކަށް ވުމެވެ.
މިއީ 2009 ވަނަ އަހަރު ގައުމީ ދިގުވާހަކަ ލިޔުމުގެ މުބާރާތުން އެއްވަނައަށް ހޮވުނު ”ޔުކްތާ“ ވާހަކަ އަސްލަކަށް ބަލައިގެން އުފެއްދި ފިލްމެކެވެ.
ފިލްމު އެޅުވި އިރުވެސް ގިނަ ޝޯތަކެއް ހައުސްފުލް ވެފައިވާ މި ފިލްމުގެ އިތުރު ޝޯތައް ހަފްތާ ބަންދު ދުވަސްތަކާއި ދަންވަރުގެ ޝޯތަކަށްވެސް ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން ސަތޭކައަށްވުރެ ގިނަ ރަށާއި ބައެއް ރިޒޯޓްތަކާއި އަވަށްޓެރި ޝްރީލަންކާގައި ވެސް ފިލްމު އަޅުވާނެ ދުވަސްތައް މިހާރު ވަނީ އިއުލާނުކޮށްފައެވެ.
މުޖުތަމައުގައި ޖިންސީ އަނިޔާގެ މައްސަލަތައް ވަބާއަކަށްވެފައި އޮތް މިންވަރާއި އެކަމަށް މުޖުތަމައު ހޭލުންތެރިކުރުވާނެ މެސެޖުތައް ފިލުމުންފެނިފައިވެއެވެ. އަދި އަންހެނުންނާމެދު ކުރެވޭ ބޭއިންސާފާ ދެކޮޅަށް ނުކުތުމަށް ހިތްވަރު ދެވޭ މެސެޖްތައް ފިލްމުގައި ހިމަނާފައިވެއެވެ.
މި ފިލްމުގެ ކާސްޓުންގެ ގޮތުގައި ފެންނާނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާސިއާ މުހައްމަދު, އަދި މަރިޔަމް ޝަކީލާ އެވެ. މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރި ހަތަރުވަނަ ފިލްމެވެ.
”ކަނބުލޮ“ ފިލްމު ހުށަހަޅައިދޭ ކިޑް ޕްރޮޑަކްޝަންއާއި ސެޓަރން ސްޓޫޑިއޯ އިން މިދިޔަ އަހަރު ނެރުނު ”ކަމަނާވެސް ވަނީ 200 އަށްވުރެ ގިނަ ހައުސްފުލް ޝޯ ބާއްވާފައެވެ.

ގުޅުންހުރި
ވެރިކަމުގެ ދައުރު ދަންމާލުމާ ގުޅޭ ބިލު ދިރާސާކުރާ ކޮމިޓީ ސިއްރު!
ސިޔާސީ ޕާޓީތަކަށް 28 މިލިއަން ރުފިޔާ ދޫކޮށްފި،ޕީއެންސީއަށް 13.3 މިލިއަން
”ކަނބުލޮ“ ފިލްމުގެ ވާހަކަ ފޮތް ވިއްކަން ފަށައިފި
ކޮލަމާ ބޯޓު ތެރޭ މަރުވެފައި އޮއްވައި ފެނުނީ ކޮލަމާފުށި ސައީދުބެ
ގެއްލުނު ”ކޮލަމާ“ ބޯޓު ފެނިއްޖެ، ކެޕްޓަން އޮތީ އިންޖީނު ރޫމު ތެރޭ
ލ. އަތޮޅުން ފުރައިގެން ހުވަދޫ އަތޮޅަށް ދަތުރުކުރި ބޯޓެއް ގެއްލިގެން ހޯދަނީ