ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި، ރައީސުލްޖުމްހޫރިއްޔާގެ ދައުރަކީ ފަސް އަހަރު ކަމަށް ގާނޫނުއަސާސީގައި ބުނާ މާއްދާ ބަދަލުކުރަން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގިދާނެ ކަމަށް ބަޔާންކޮށްފައިވާ ބިލު ދިރާސާ ކުރުމަށް މިއަދު ބޭއްވި ބައްދަލުވުން ސިއްރުކޮށްފިއެވެ.
މި ބިލަކީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ސްޕޮންސާކޮށްގެން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލެކެވެ. މި ބިލުގެ މަސައްކަތް ކުރިއަށްދާ ގޮތް ސިއްރު ކުރަން ނިންމި ސަބަބެއް، މިއަދު ބޭއްވި ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުން ހާމައެއް ނުކުރައްވައެވެ.
ކޮމިޓީގެ ބައްދަލުވުން ސިއްރުކުރަން ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. މި ހުށަހެޅުމަށް ތާއީދު ކުރެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިންނެވެ. ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔަ މިއަދުގެ ކޮމިޓީ ބައްދަލުވުން ސިއްރު ކުރީ، އެ ބައްދަލުވުމުގައި ހާޒިރުވެ ތިބި މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލުގައިވާ ގޮތުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގޭނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތަކާ ގުޅޭ މާއްދާއެއް ބަދަލު ކުރާ ނަމަ ނުވަތަ ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ނުވަތަ ގައުމީ މުހިންމު މައްސަލަތަކުގައެވެ.
އޭގެ އިތުރުން، އާންމުންގެ ވޯޓަކަށް ދެވޭ ކަންކަމުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އުމުރު، ރައީސުލްޖުމްހޫރިއްޔާގެ ދައުރު، ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތް، މަޖިލީހުން ފާސް ކުރާ ބިލު ތަސްދީގު ކުރާ ގޮތް އަދި ދިވެހިރާއްޖޭގެ ސަރަހައްދު ބަދަލު ކުރުން ހިމެނެއެވެ.




4 Comments
ގުޅުންހުރި
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
ބޭރު ފައިސާއިން ސާވިސް ޗާޖު ދޭންޖެހޭ ގޮތް ހަދަން އިސްލާހެއް ހުށަހަޅަނީ
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
28 ޖަލްސާއެއް ބޭއްވުމަށްފަހު މެންބަރުން އަރާމުކުރައްވަން މަޖިލިސް ދެ މަހުގެ ޗުއްޓީއަކަށް