ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުގެ ނަމުގައި 9.5 މިލިއަން ރުފިޔާގެ އަގުހުރި ބިމަކާއި ހަތް މިލިއަން ރުފިޔާގެ އަގުހުރި ފްލެޓެއް އޮތްކަން އޭނާގެ މާލީ ބަޔާނުން ހާމަވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ސުޖާއު ހުށަހެޅުއްވި މާލީ ބަޔާނުގައިވާ ގޮތުން ސުޖާއު ވަނީ 2023 ވަނަ އަހަރު 7.2 މިލިއަން ރުފިޔާއަށް ހުޅުމާލެ ރެއިންފާލް ރެޒިޑެންސުން ފްލެޓެއް ގަނެފަ އެވެ. އެ ފްލެޓް ގަތް ކަމަށް ބުނެފައިވަނީ ލޯނުގެ ގޮތުގައި ލިބުނު ފައިސާއިންނެވެ.
އޭގެ ފަހުން މިދިޔަ އަހަރު ސުޖާއު ވަނީ ހުޅުމާލެއިން ބިމެއް ގަނެފަ އެވެ. އެ ބިމުގެ އަގަކީ 9.5 މިލިއަން ރުފިޔާ އެވެ. އެ ބިންވެސް ގަނެފައިވާ ކަމަށް ބުނެފައިވަނީ ލޯނުގެ ގޮތުގައި ލިބުނު ފައިސާ އިން ކަމަސް މާލީ ބަޔާނުގައި ސުޖާއު ބުނެފައިވެ އެވެ.
މީގެ އިތުރުން ސުޖާއުގެ ނަމުގައި ހުޅުމާލެއިން ރޯހައުސްއަކާއި ބާރަށުން ބިމެއްވެސް އެބަ އޮތެވެ.
އޭނާގެ މާލީ ބަޔާނުގައި ބުނެފައިވާ ގޮތުން ރޯހައުސް އަކީ އޭނާ ވަޒީފާ އަދާކުރާ ކުންފުނިން ހަދިޔާއެއްގެ ގޮތުގައި ދިން ތަނެކެވެ. 2015 ވަނަ އަހަރު ސުޖާއުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ އެ ރޯހައުސްގެ އަގަކީ ގާތްގަނޑަކަށް 3.5 މިލިއަން ރުފިޔާ ކަމަށް ބުނެފައިވެ އެވެ
ސުޖާއުގެ ނަމުގައި ބާރަށުން ރަޖިސްޓްރީ ކޮށްފައިވާ ބިމަކީ މީގެ ތިން އަހަރު ކުރިން 2022 ވަނަ އަހަރު 300،000 ރުފިޔާއަށް ގަތް ބިމެއް ކަމަށް އޭނާ ބުނެ އެވެ. އެ ބިން ގަތީ ލޯނުގެ ގޮތުގައި ހޯދި ފައިސާއިން ކަމަށްވެ އެވެ.




12 Comments
ގުޅުންހުރި
28 ޖަލްސާއެއް ބޭއްވުމަށްފަހު މެންބަރުން އަރާމުކުރައްވަން މަޖިލިސް ދެ މަހުގެ ޗުއްޓީއަކަށް
ޖަޕާނުގެ ސަފީރަކަށް މަހުލޫފް އައްޔަންކުރަން ރުހުންދީފި، އެމްޑީޕީގެ މެންބަރުން ވޯޓު ދިން
އަތޮޅު ކައުންސިލުތައް އުވާލާ ބިލު ތަސްދީގުކުރައްވައިފި
މެސެޖާ ގުޅިގެން މައާފަށް އެދިފައިވަނިކޮށް، އިޖުތިމާއީ ކޮމިޓީން އަސްމާ ވަކިކޮށްފި
ކުރީގެ ނައިބު ރައީސުންނަށް މަހަކު 30،000 ރުފިޔާގެ އިނާޔަތެއް ދޭން ފާސްކޮށްފި
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލަން މަޖިލީހުން ފާސްކޮށްފި