އެ މަނިކުފާނަކީ ވަރަށް ކުޅިކޮށް ފަރިއްކުޅުވާ ބޭފުޅެއް ކަމަށާއި ކަނޑޫދޫ މިރުހަކީ ވަރަށް މީރު މިރުހެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކަނޑޫދޫއަށް މިއަދު ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ, އެސްޓީއޯ މެދުވެރިކޮށް އެތެރެކުރަން ނިންމާފައިވާ އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމެނޭ 23 ބާވަތުގެ ތެރޭގައި މިރުސް ހިމަނާފައިވާނެ ކަމަށެވެ.
ނަމަވެސް އެކަމުގެ ސަބަބުން ކަނޑޫދޫގައި މިރުސް ހައްދައި ވިއްކާ ދަނޑުވެރިންނަށް ގެއްލުމެއް ނުވާނެ ކަމަށާއި އެގޮތުން އެސްޓީއޯ އިން ދަނޑުވެރިންގެ އަތުން މިރުސް ގަންނާނީ ދަނޑުވެރިންނަށް ފައިދާވާ ގޮތަށް, ދަނޑުވެރިން ހުށަހަޅާ އަގުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
”އަޅުގަނޑަކީ ވަރަށް ކުޅިކޮށް ކާ މީހެއް. އަޅުގަނޑަށް ވަރަށް މީރު ތިބޭފުޅުންގެ މިރުސް. ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ވަކި އަޅުގަނޑު ކުޅިކޮށްކާތީކީ ނޫން، މިރަށުގެ މިރުސް މާލެއަށް، މާލޭގެ މާކެޓުގައި ޑޮމިނޭޓްކުރާ ފަރާތްތަކަކީ. އަޅުގަނޑުމެން މިދޭތެރެއިން އެސްޓީއޯ މެދުވެރިކޮށް 23 ބާވަތެއްގެ ތަކެތި ރެގިއުލާ ބޭސިސްގައި ރެގިއުލޭޓްކޮށް އިމްޕޯޓްކޮށް ވިއްކަން ނިންމި ނިންމުމުގެ ތެރޭގަ މިރުސް ހިމެނޭނެ. ނަމަވެސް އަޅުގަނޑު ވަރަށް ޔަގީންކަމެއް ދެން ތިބޭފުޅުންގެ ވިޔަފާރިއަށް ގެއްލުމެއް ނުވާ ގޮތަށް އެކަން ކުރާނީ.“ ރައީސް ވިދާޅުވި އެވެ.




38 Comments
ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި
”ޕްރޮޖެކްޓް އައިލާ“ ގެ ނަމުގައި ”ސަސްޓެއިނަބަލް ޓައުންޝިޕް“ އެއްގެ ގޮތުގައި އެސްއީޒެޑްއެއް
މިމަހު އެކަނިވެސް 96 މަސާޖު ޕާލާ ބަންދުކޮށްފި
ހިރިމަރަދޫ ރައްޔިތުން ދެން ވޯޓުލާން ޖެހޭނީ ހަނިމާދޫ ކައުންސިލު ހޮވަން!