ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ހުރިހާ ޓާޝަރީ ހޮސްޕިޓަލެއްގައި އެމްއާރުއައިގެ ހިދުމަތް ގާއިމުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ތ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގުރައިދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސިއްހީ ހިދުމަތް ހޯދުމަށް ރައްޔިތުން މާލެއަށްދާން ޖެހޭ ދިއުން މަދުކުރުމަކީ ސަރުކާރުގެ އެއް ސިޔާސަތު ކަމަށެވެ
”ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި، އެންމެ ގިނަވެގެން ހަ މަސްދުވަހުގެ ތެރޭގައި ހުރިހާ ޓާޝަރީ ހޮސްޕިޓަލެއްގައި، މިހާރު އެމްއާރުއައި ނެތް ހުރިހާ ޓާޝަރީ ހޮސްޕިޓަލެއްގައި އެމްއާރުއައި ގާއިމުކުރެވިގެންދާނެ. ހަމައެގޮތަށް ހުރިހާ އާބަން ސެންޓަރުތަކެއްގައި ސީޓީ މެޝިން ގާއިމުކުރެވިގެންދާނެ، ކުރިއަށްއޮތް ހަ މަސްދުވަހުގެ ތެރޭގައި،“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހުރިހާ އަތޮޅު ހޮސްޕިޓަލުތަކެއްގައި، 15 އަތޮޅު ހޮސްޕިޓަލެއްގައި އެންމެ ޒަމާނީ، ހުރިހާ ހިދުމަތްތަކެއް ފުރިހަމަ، ފުލްފްލެޖް ޑެންޓަލް ސެޓަޕް ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ގާއިމުވެގެންދާނެ ކަމަށެވެ.
”މިއީ ވެސް މާލެއަށް ހުރިހާ ކަމަކަށް، މިއިން ކޮންމެ ކަމެއް ކުރަން އަންނަންޖެހޭ ވަރު މަދުކޮށްދީ، ރަށުގައި ތިބެގެން، އަތޮޅުގައި ތިބެގެން އެ ސަރަހައްދުން އެ ހިދުމަތް ހޯދުމަށް ފަސޭހަކޮށްދީ، ރައްޔިތުން ބާރުވެރިކޮށްދީ، މާލެއަށް އަންނަން މި ޖެހޭ އަޅުވެތިކަމުން ސަލާމަތްކޮށްދިނުމަށް، ސިއްހީ ދާއިރާ ވަރުގަދަކުރުމަށް، އަދި ޖުމުލަކޮށް މި ސިޔާސަތު ލާމަރުކަޒީކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިކަހަލަ ހުރިހާ ހިދުމަތެއް ގާއިމުކުރުމަށް އަޅުގަނޑުމެން ހިންގާ ސިޔާސަތުގެ ތެރެއިން ކުރިއަށްގެންދާ ކަންކަން،“ ރައީސް ވިދާޅުވިއެވެ.




7 Comments
ގުޅުންހުރި
އަޅުގަނޑުގެ މޭޔަރުކަމަށްފަހު މާލެ ސިޓީ ކައުންސިލަށް މަސައްކަތެއް ކުރެވިފައެއް ނެތް: ރައީސް
އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް، ގެދޮރުވެރިޔާ ފުލެޓުތަކަށް ވަދެވޭނެ: ރައީސް
އޭޕްރީލަށް ރަސްމާލެ ހިއްކައި ނިންމައިލެވޭނެ: ރައީސް
ރަސްމާލެއިން ފުރަތަމަ ދޫކުރާ 15،000 ގޯތީގެ ތެރެއިން މާލޭގެ ރަށްވެހިންނަށް 10،000
ރައީސް، ވިލިމާލޭ ރައްޔިތުންނާ މާދަމާ ބައްދަލުކުރައްވަނީ
ގެދޮރުވެރިކަމުގެ ރަން ޒަމާނޭ ވިދާޅުވެ 2 ބިލިއަން ހުސްކޮށްލި އިރު، ގާބުރިއެއް