މުޒާހަރާތަކަށް ނުކުމެ, ފުލުހުންނަށް ހުރަސްއަޅައި, އެ މީހުންނާ ކުރިމަތިލާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލެންޖެހޭ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ, މަގުމަތީގައި ހަމަޖެހުމާއި އާންމު ރައްޔިތުންގެ ރައްކާތެރިކަމާއި ހަމަތައް ހިފަހައްޓަން ބަލާއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރާއްޖޭގެ ރައްޔިތުންނަށް ނަމޫނާ ދައްކަން ތިބި ބައެއް ކަމަށެވެ.
ނަމަވެސް މިދިޔަ ހުކުރު ދުވަހު އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ބެރިކޭޑެއް ތެރެއަށް ވަދެ ފުލުހުންނަށް ހުރަސްއެޅި މަންޒަރު ފެނުނު ކަމަށާއި އެފަދަ އަމަލެއް ކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންޖެހޭ ކަމަށް ވިދާޅުވިއެވެ.
”..އަޅުގަނޑު ހިތާމަކުރަން ކެންދޫ ދާއިރާގެ މެންބަރު އަޅުގަނޑު ދެކުނިން ބެރިކޭޑެއްގެ ތެރެއަށް ވަދެ އޮއްވައި, ވަދެ އޮވެ, ފުލުހުންނަށް ހުރަސްއެޅި މަންޒަރު. ހަގީގަތުގައި ރައްޔިތުން މަޖިލީހުގެ މެންބަރަކަށްވެ ހުރެ އެފަދަ އަމަލެއް ކޮށްފިކަމަށްވާނަމަ, އަޅުގަނޑު މިއީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި ގާނޫނުއަސާސީއަށްވެސް އިސްލާހު ގެންނަންޖެހޭ, ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ވިޔަސް އެވަރުގެ ކުށެއް ކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންޖެހޭނެ,“ ފަލާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ, އެކަންކަން ކުރުމަށް ހެދިފައި ހުރި ގާނޫނުތަކާއި ގަވާއިދުތައް ވަރަށް ބޮޑަށް އިސްލާހުކުރަންޖެހޭ ކަމަށާއި އެހެން ނުހަދައިފިނަމަ ގައުމަށް އަމާންކަމެއް ނާންނާނެ ކަމަށެވެ.




15 Comments
ގުޅުންހުރި
ނުރައްކާތެރިކޮށް ވެހިކަލް ދުއްވާނަމަ 20 އަހަރަށް ޖަލަށްލެވޭ ގޮތް ހަދަނީ
ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި
އަނބިމީހާއަށް 15،000 ރުފިޔާ ދޭންޖެހޭ، އަތަކު އެކައްޗެއް ވެސް ނޯވޭ: އައްބާސް
ކުރީގެ ނައިބު ރައީސުންނަށް މަހަކު 25,000ރ. އިނާޔަތެއް ދޭން ސަރުކާރުގެ ފަރާތުން
ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދަނީ ދީލަތުވުމުން: ނާޒިމް
ޕީއެންސީއަށް ސޮއިކުރިތާ މަހެއް ނުވެ، މަހުލޫފަށް ޖަޕާނުގެ ސަފީރުކަން ދެނީ