ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ފިރިހެނަކު ފިރިހެނަކަށް ވަނީ 65 އަހަރު ފުރުމުން ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރީއެމްޕްލޯއިމަންޓް ބިލަށް ވާހަކަދައްކަވަމުން އިބްރާހިމް ހުސެއިން ވިދާޅުވީ, ގާނޫނު ކުރިން އޮތް ގޮތުން 65 އަހަރުވުމުން ގެއަށް ފޮނުވާލަންޖެހޭއިރު މަޖުބޫރު ކޮށްގެން ގެއަށް ފޮނުވާލުމުން އެ އުމުރުގެ މީހުން ނަފުސާނީ ބަލިމަޑުކަމެއްގައި މިހާރު އުޅެންޖެހިފައިވާ ކަމަށެވެ.
އަދި އެ މީހުން ދިރިއުޅެމުންދާ ނިކަމެތި ކަމުން ސަލާމަތްކުރުމަށް މިފަދަ ބިލެއް ހުށަހެޅި ކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު ދަންނަވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
”ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް 65 އަހަރުވާއިރުގައި ހަގީގަތުގައި ފިރިހެނަކު ފިރިހެނަކަށް ވެގެން މިދަނީ. ނުވަތަ ޑޮކްޓަރުންނަށް ބަލައިލާއިރުގައި ޑޮކްޓަރުކަން ކިޔަވާ ނިމޭއިރުގައި މި އޮންނަނީ އުމުރުން 35 އަހަރު 40 އަހަރުވެފައި. އަދި އެއަށްފަހު ސްޕެޝަލިސްޓަކަށް ވުމަށްފަހުގައި ޕްރޮފެސަރަރަކަށްވާއިރުގައި 65 އަހަރުން މަތީގައި އެ ބޭފުޅަކު ހުންނަނީ. އެހާހިސާބުން އެ ބޭފުޅުން ގެއަށް ދާންޖެހޭ ޖެހުމަކީ ހަގީގަތުގައި ގައުމަށް ލިބިގެންދާ އެތައް މަންފާތަކެއް ގެއްލިގެންދަނީ,“ އިބްރާހިމް ހުސެއިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ, އެ ބައެއްގެ ބޭނުން ހިފަންޖެހޭ ވަގުތުގައި އެ ބަޔަކު ގެއަށް ފޮނުވާލާއިރު, އުމުރުން 65 އަހަރުވާ މީހުން ދުނިޔޭގައި ނެތިކޮށްލާތަން ފެންނަ ކަމަށެވެ.
ރާއްޖޭގައި މިހާރު އޮންނަ ރިޓަޔަމަންޓު އުމުރަކީ 65 އަހަރެވެ. އެއަށްފަހު ދައުލަތުން، ވަޒީފާއެއް އަދާކުރިޔަސް ނުކުރިޔަސް، ކޮންމެ މީހަކަށް 5،000 ރުފިޔާގެ އެލަވަންސެއް ލިބެ އެވެ.




49 Comments
ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
ބޭރު ފައިސާއިން ސާވިސް ޗާޖު ދޭންޖެހޭ ގޮތް ހަދަން އިސްލާހެއް ހުށަހަޅަނީ
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
28 ޖަލްސާއެއް ބޭއްވުމަށްފަހު މެންބަރުން އަރާމުކުރައްވަން މަޖިލިސް ދެ މަހުގެ ޗުއްޓީއަކަށް
ޖަޕާނުގެ ސަފީރަކަށް މަހުލޫފް އައްޔަންކުރަން ރުހުންދީފި، އެމްޑީޕީގެ މެންބަރުން ވޯޓު ދިން