އެއް ކުއްޖަކު ނުވަތަ އެންމެ ގިނަވެގެން ދެ ކުދިން ހޯދުމަކީ ދިވެހި ދެމަފިރިންގެ ފެޝަނަކަށްވެއްޖެ ކަމަށާއި އެއީ ދައުލަތެއްގެ ސިފައިގައި ހައްލުތަކެއް ހޯދަންޖެހިފައިވާ ކަމެއް ކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސެއިން ހަމީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރީއެމްޕްލޯއިމަންޓް ބިލަށް ވާހަކަދައްކަވަމުން ހުސެއިން ހަމީދު ވިދާޅުވީ, ހަރަކާތްތެރިކަމާއެކު ހިދުމަތުގައި ތިއްބައި އުމުރުން 65 އަހަރުވުމުން ވަޒީފާއިން ވަކިވާންޖެހުމަކީ ގިނަ ބަޔަކު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެފަދަ ބޭފުޅުން ވަޒީފާ އިން ވަކިވާންޖެހުމުން އުޅެންޖެހޭ މާޔޫސްކަމާއި ފޫހިކަމުގެ ސަބަބުން އުމުރު ނުވަތަ ހަރަކާތްތެރިކަން ކުޑަވެ, އެ މީހުންނަށް އެތައް ބަލިތަކެއް ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ, އާބާދީ އިތުރުވާ ނިސްބަތް ދުވަހުން ދުވަހަށް ބާރު ސްޕީޑުގައި ދަށަށް ދިއުމަކީ ސީރިއަސްކޮށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން 90ގެ އަހަރުތަކުގައި ރާއްޖޭގެ އާބާދީ އިތުރުވާ ނިސްބަތް 6.4 ޕަސެންޓުގައި ހުރި އިރު, 2025 ގައި އެ ނިސްބަތް ހުރީ 0.3 ޕަސެންޓުގައި ކަމަށް ވިދާޅުވި އެވެ.
”މިއީ ދައުލަތެއްގައި ސިފައިގައި ހައްލުތަކެއް ހޯދަން އިތުރު ގޮތްތަކެއް ހޯދަންޖެހިފައިވާ ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަން. ގައުމެއް ގައުމެއްގެ ގޮތުގައި ދެމި އޮންނާނީ އެ ގައުމެއްގައި އެކަށީގެންވާ އާބާދީއެއް އޮވެގެން…. މިހާރު އަޅުގަނޑުމެންގެ ފެޝަނަކަށް ނުވަތަ އަޅުގަނޑުމެންގެ ކޮންމެ ދެމަފިރިއެއްގެ ފެޝަނަކަށް ވެފައި މި އޮންނަނީ އެންމެ ގިނަވެގެން ދެ ކުދިން, ނުވަތަ އެއް ކުއްޖަކު. މިއީ ހަގީގަތުގައި ސަރުކާރުން އިސްނަގައިގެންވެސް ރާއްޖޭގެ އާބާދީ އިތުރުކުރުމަށް ދެކުދިންނަށްވުރެ ގިނައިން ނުވަތަ ތިން ކުދިންނަށްވުރެ ގިނައިން ކުދިން ހޯދާ ބޭފުޅުންނަށް ހާއްސަ އިނާޔަތެއް ދީގެން ނަމަވެސް ސަރުކާރުން ކުރަން މަޖުބޫރުވެފައިވާ ކަމެއްގެ ގޮތުގައި ފާހަގަކުރަން,“ ހަމީދު ވިދާޅުވި އެވެ.




57 Comments
ގުޅުންހުރި
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް