ސަރުކާރުން ދޫކުރާ ސޯޝަލް ހައުސިން ފްލެޓުތައް ގަވައިދާ ޚިލާފަށް ކުއްޔަށް ދޭ މައްސަލަ ބޮޑުވެފައިވުމުން، އެފަދަ ފުލެޓުތައް ހޯދައި އަތުލުމަށް، ފުލެޓުތައް ބަލައި ފާސްކުރުމުގެ މަސައްކަތް ވީހާވެސް އަވަހަށް ފަށަން ނިންމައިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ 4،000 ފުލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަން ފެށުމާއެކު، އެ ފުލެޓުތައް ބޮޑު އަގުގައި ކުއްޔަށް ދިނުމަށް އިޝްތިހާރު ކުރަން ފަށާފައިވާ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލަ ފެންމަތިވި އިރު، ހިޔާ ފުލެޓުތަކަށް ދައްކަންޖެހޭ ކުއްޔަށްވުރެ މާބޮޑު އަގުތަކުގައި އެހެން މީހުންނަށް ކުއްޔަށް ދީގެންވެސް އުޅެ އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއްތަލިބު ވިދާޅުވީ، ސަރުކާރުގެ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒްކޮށްފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަން ކަމަށެވެ
އެހެންވެ، އެ ތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދީ، އެ ތަންތަނުގެ ވެރިފަރާތް ފިޔަވާ އެހެން ބަޔަކު ދިރިއުޅުމަށް ނުވަތަ އެހެން ބޭނުމަކަށް ވެސް ބޭނުންކުރުމަކީ ސަރުކާރުން ގަބޫލުކުރާ ކަމެއްނޫން ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
”އެހެންކަމުން އެއްބަސްވުންތަކާ ޚިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެ ތަންތަން ދެވިފައިވާ ފަރާތްނޫން އެހެން ފަރާތެއް ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާޠިލްކޮށް އެ ތަންތަން ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.“ އޭނާ ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވީ، ހައުސިން މިނިސްޓްރީން އަންނަނީ، ސޯޝަލް ހައުސިންގެ ގޮތުގައި ދޫކޮށްފައިވާ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ވީހާ ވެސް އަވަހަކަށް ފެށުމަށް މަސައްކަތް ކުރަމުން ކަމަށެވެ.




6 Comments
ގުޅުންހުރި
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ހިޔާ އާއި ވެށިފަހި ކެޓަގަރީއަށް ހުށަހެޅުމުގައި ލުޔެއް
ފަހި ފްލެޓު ސަރަހައްދު ”ގޮނޑުކޮށްލި“ މައްސަލައިގައި ޖޫރިމަނާކުރަން ފަށައިފި
ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކަށް އަލުން ގުރު ނަގަން ފަށައިފި
ގޯއްޗާއި ފުލެޓަށް ހުޅުވާލިތާ 7 ދުވަސް: 1600 އަށްވުރެ ގިނަ އެޕްލިކޭޝަން
ފުރަތަމަ 24 ގަޑިއިރު ތެރޭ ގޯއްޗާއި ފުލެޓަށް 518 އެޕްލިކޭޝަން