ޑިސެމްބަރ 6, 2025

ރައީސް މިފަހަރު ލ. އަތޮޅަށް: 3 ދުވަސް ތެރޭ 11 ރަށަށް ވަޑައިގަންނަވާނެ

ލ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ، ރައީސްގެ މި ދަތުރުފުޅުގައި، ރައީސްގެ މި ދަތުރުފުޅުގައި ލ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އެގޮތުން ލ. އަތޮޅުގެ މީހުން ދިރިއުޅޭ 11 ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ. އެއީ އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، ގަން، މާވަށް، ފޮނަދޫ، މާމެންދޫ، ހިތަދޫ، އަދި ކުނަހަންދޫ އެވެ.

ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ރައީސް ލ. އަތޮޅަށް ފުރާވަޑައިގެންފައި މިވަނީ ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު މާލެ ވަޑައިގެންނެވިތާ ތިން ދުވަސް ފަހުންނެވެ.

5 Comments

  • Fayoo Fayoo އޮކްޓޯބަރ 20, 2025

    Dhogu vaudhu vamun dhuvany bahuloolu

  • Ibrahim Solihu އޮކްޓޯބަރ 20, 2025

    Thee vot hoadhan vegehn dhogu vaudu vaa buranchen

  • Ăhmeď Vildhaañ އޮކްޓޯބަރ 20, 2025

    airport thah hifaigen😂

  • Raz Usman އޮކްޓޯބަރ 20, 2025

    Meena nujeheytha moosumah balaakah

  • Raaidhu AR އޮކްޓޯބަރ 23, 2025

    3 dhuvas therey kithah dhogu hadhaa thw balaathi kazzaabu

Leave a Reply to Fayoo Fayoo Cancel reply