ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަކީ މިހާތަނަށް ރާއްޖެ ދެކޭނެ އެންމެ ކާމިޔާބު ވެރިކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ލ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޮނަދޫގައި ރޭ ބޭއްވި ޖަލްސާގައި އެ ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކާއެކު ރެއަކީ ފޮނަދޫގެ ތާރީހުގައި އާ ސަފުހާއެއް ލިޔެވިގެންދިޔަ ރެއެއް ކަމަށެވެ. އަދި އެ ތާރީހުގައި ރައީސް މުއިއްޒުގެ ނަން ރަން އަކުރުން ލިޔެވިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ވާދަވެރިން ތިބީ ގައުމު ބަނގުރޫޓުވެދާނެ ކަމަށް ބަލައި އަތްޖަހަން ތައްޔާރަށް ކަމަށާއި ނަމަވެސް ރައީސްގެ ހިކުމަތްތެރިކަމާއެކު ކުރިއަށް ވަޑައިގެން، ވެރިކަމަށް ދެ އަހަރު ވެގެންދާ އިރު، ތަރައްގީގެ މަޝްރޫއުތައް ވަނީ މެކުހަށް ޖަހާފައި ކަމަށެވެ.
”ޕީއެންސީގެ ސަރުކާރަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަކީ އިރާދަކުރެއްވިއްޔާ މިހާތަނަށް ދިވެހިރާއްޖެ ދެކޭނެ އެންމެ ކާމިޔާބު ވެރިކަން. އެކަމަކު އެ ކާމިޔާބު އަޅުގަނޑުމެންނަށް ހޯދޭނީ ތިޔަ ހުރިހާ ރާއްޖޭގެ އެންމެހައި ރައްޔިތުން އެމަނިކުފާނުގެ ސިޔާސަތާ އެއްގޮތަށް އެމަނިކުފާނާ އެކީގައި ސާބިތުވެ ތިއްބަވައިގެން. އެމަނިކުފާނު އެދިވަޑައިގަންނަވާ ކަންކަމުގައި އެހީތެރިކަމާއި އެއްބާރުލުން ދެއްވައިގެން،“ އޭނާ ވިދާޅުވި އެވެ.




2 Comments
ގުޅުންހުރި
ޕީސީއާރް ޓެސްޓިންގެ ހިދުމަތްދީ، ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދެ ޑޮކްޓަރަކަށް
ޝެއިހް އަޒީޒަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެނީ
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ފަސޭހަކަމާއެކު އިންޑިއާ ވެސް ބަލިކޮށް، ރާއްޖެއިން އެއްވަނައިގައި
އަލިރަސްގެފާނު ފަދަ އަޒުމު ވަރުގަދަ ދަރީން، ކޮންމެ ދިވެހި ޖީލެއްގެ ކަރާމާތް
ވީއައިއޭގައި މާރާމާރީ ހިންގި މައްސަލައިގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި
މުއްދަތު ހަމަވެފައިވާ ވޯކް ސައިޓުތައް ރަޖިސްޓްރީކުރަން އަންގައިފި