ސިނގިރޭޓްތައް ބޮންޑެޑް ވެއާހައުސްގައި ހުއްޓައި ބޭރުކުރި މައްސަލައިގައި ހިމެނޭ އެގްޒޮޓިކް އެންޓަޕްރައިޒަސްގެ ހިއްސާ ރައްޔިތުންގެ މަޖިލީހުގެ ހިތާދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސިރުހާނަށް ދީފައިވާ ކަމަށް އެ މައްސަލަ ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފިއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އެ މައްސަލައިގެ ރިޕޯޓު ފާސްކޮށްފައެވެ. އެގޮތުން އެ ބޮންޑެޑް ވެއާހައުސް ރަޖިސްޓްރީ ކުރި އިރު، އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ލުބުނާ ހުސައިން މަނިކާއި އަބްދުﷲ ހަސަން ތިބި ނަމަވެސް، އޭގެ ފަހުން ހިއްސާދާރުން ބަދަލުކުރި ކަމަށް ރިޕޯޓުގައިވެއެވެ.
އެގޮތުން އެގްޒޮޓިކް އެންޓަޕްރައިޒަސް އިން 9 ޑިސެމްބަރު 2023 ގައި ވަގަށް ސިނގިރޭޓް އެތެރެކުރި އިރު، ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ލުބުނާ ހުސައިން މަނިކާއި މަޖިލީހުގެ ހިތާދޫ ދާއިރާގެ މެމްބަރު މުހައްމަދު ސިރުހާންއެވެ. އެއީ ސިރުހާން މެމްބަރު ކަމަށް ހޮވުނުތާ ހަތް މަސް ފަހެވެ.
އޭގެ ފަހުން ވެސް އެގްޒޮޓިކް އެންޓަޕްރައިޒަސްގެ ހިއްސާދާރުން ވަނީ ބަދަލުކޮށްފައެވެ. އެގޮތުން އެ ބޮންޑެޑް ވެއާހައުސް އިން ވަގަށް ސިނގިރޭޓުތައް ބޭރުކުރި އިރު، އެގްޒޮޓިކް އެންޓަޕްރައިޒަސްގެ ބޯޑު ޑިރެކްޓަރުންގެ ގޮތުގައި ތިބީ އަބްދުލް އަހަދު އަދުނާނާއި މުހައްމަދު ޝަރީފު ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.




2 Comments
ގުޅުންހުރި
ބޭރު ފައިސާއިން ސާވިސް ޗާޖު ދޭންޖެހޭ ގޮތް ހަދަން އިސްލާހެއް ހުށަހަޅަނީ
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
28 ޖަލްސާއެއް ބޭއްވުމަށްފަހު މެންބަރުން އަރާމުކުރައްވަން މަޖިލިސް ދެ މަހުގެ ޗުއްޓީއަކަށް
ޖަޕާނުގެ ސަފީރަކަށް މަހުލޫފް އައްޔަންކުރަން ރުހުންދީފި، އެމްޑީޕީގެ މެންބަރުން ވޯޓު ދިން
އަތޮޅު ކައުންސިލުތައް އުވާލާ ބިލު ތަސްދީގުކުރައްވައިފި
މެސެޖާ ގުޅިގެން މައާފަށް އެދިފައިވަނިކޮށް، އިޖުތިމާއީ ކޮމިޓީން އަސްމާ ވަކިކޮށްފި