ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1,875 މަޝްރޫއުއެއް ކުރިއަށްދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ހުރިހާ ރަށަކުން މީހުން ގެނެސްގެން ސަރުކާރު ހިންގާ ޕީއެންސީން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު ޖަލްސާގައި ރައީސް ވިދާޅުވީ, ހުރިހާ ރަށެއްގައިވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން އެކި ރަށްރަށުގައި 1,875 މަޝްރޫއެއް ކުރިއަށްދާއިރު, އޭގެ ތެރެއިން 1,356 މަޝްރޫއުއަކީ މި ސަރުކާރުން ސޮއިކޮށްގެން ފެށި މަޝްރޫއުތައް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވާ ގޮތުން ނަމަ, މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ 72 ޕަސެންޓަކީ މި ސަރުކާރުގެ މަޝްރޫއުތަކެވެ. ނަމަވެސް ރައީސް ވަނީ އެ މަޝްރޫއުތަކުގެ ތަފުސީލުތައް ފަހުން ހިއްސާކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ, ތަރައްގީ ހާސިލުކުރުމުގައި އެންމެ މުހިންމު އެއްޗަކީ ހަމަހަމަކަން ކަމަށާއި ހަމަހަމަކަން ގެނެސްގެން ނޫނީ ހަގީގީ މާނައިގައި ރާއްޖެއަށް ހަމަޖެހުމާއި ތަރައްގީއެއް ނުލިބޭނެ ކަމަށެވެ. އެގޮތުން ކަންކަން ހަމައެކަނި ކޮށްދޭން ޖެހޭނީ މާލެއަށް ނުވަތަ ސިޓީތަކަށް ނުވަތަ ވެރިކަންކުރާ ރަށްރަށުގައި އެކަނި ނޫން ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
”އަޅުގަނޑަށް ދެވިއްޖެ ވޭތުވެދިޔަ 45 އަހަރެއްހާ ދުވަހު އެއްވެސް ރައީސަކު ނުދާ ރަށްރަށަށްވެސް، ރައީސް މައުމޫނަށްފަހު އެއްވެސް ރައީސަކު ވަޑައިނުގަންނަވާ އެތައް ރަށަކަށްވެސް ދެވިއްޖެ، އަޅުގަނޑު ހަމަ ހައިރާންވި އެކަމާ، ނެގްލެކްޓެޑް، ހުރިހާ މާނައިގައިވެސް ނެގްލެކްޓެޑް ރަށްރަށަށް،“. ރައީސް ވިދާޅުވި އެވެ.




3 Comments
ގުޅުންހުރި
އެމްޑީޕީއަށް ކައުންސިލު އިންތިހާބު ކާމިޔާބުކޮށްދިނުމަށް ހުރިހާ އެއްބާރުލުމެއް ދޭނަން: ނަޝީދު
64 އަހަރުގެ މީހަކަށް ޒުވާން ލޯބިވެރިޔާ ހަމަލާދީ ޒަހަމްކޮށްލައިފި
ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް މިއަދު ފަށަނީ، ރޯދައިގެ ކުރިން ނިންމާނެ
އެމްޑަބްލިޔުއެސްސީގެ ސްޓާފް އެވޯޑް ނައިޓް ބާއްވައިފި، ޗެއާމަންސް އެވޯޑް ޝަފީގަށް
ހޯރަފުށީ ކައުންސިލުގެ ރައީސް ތިން މަސް ދުވަހަށް ސަސްޕެންޑުކޮށްފި
އަޅުގަނޑަކީ މީހެއްގެ ނުފޫޒެއްގައި ޖެހޭނެ މީހެއް ނޫން: ގަޕޯ