އަށް ކުލާސްރޫމް އެޅުމަކީ އަދި އަށް މަޝްރޫއު ހިންގުން ނޫން ކަމަށް ވިދާޅުވެ, ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ), ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައްދު ދެއްވައިފި އެވެ.
ރާއްޖޭގެ ހުރިހާ ރަށަކުން މީހުން ގެނެސްގެން ސަރުކާރު ހިންގާ ޕާޓީ, ޕީއެންސީން ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1,875 މަޝްރޫއުއެއް ކުރިއަށްދާ ކަމަށް ވިދާޅުވެފަ އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށް އޮތްއިރު, ރައީސް އެ ވިދާޅުވި އަދަދަކީ އެވްރެޖުކޮށް ކޮންމެ ރަށަކަށް 10 މަޝްރޫއު އެވެ.
އެކަމާ ގުޅިގެން ވައްޑެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ މަޝްރޫއުތަކުގެ ތަފުސީލު ލިސްޓެއް ހާމަކޮށްދެއްވަން ކެރޭނެތޯ ސުވާލުކޮށްފަ އެވެ. އަދި މަޝްރޫއު މާނަކުރާ ގޮތް ކިޔައިދެއްވުމަށްވެސް އެދުނެވެ.
”އަޅުގަނޑަށް އެނގޭ މިންވަރުން އަށް ކުލާސްރޫމާއި އަށް އޭސީ އެޅުވުމަކީ އަދި އަށް މަޝްރޫއު ހިންގުމެއް ނޫން,“ ވައްޑެ ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ރައީސް މުއިއްޒު ވަނީ މިހާރު ކުރިއަށްދާ 1,875 މަޝްރޫއުގެ ތެރެއިން 1,356 މަޝްރޫއުއަކީ މި ސަރުކާރުން ސޮއިކޮށްގެން ފެށި މަޝްރޫއުތައް ކަމަށްވެސް ވިދާޅުވެފަ އެވެ.




3 Comments
ގުޅުންހުރި
ހިރިމަރަދޫ ރައްޔިތުން ދެން ވޯޓުލާން ޖެހޭނީ ހަނިމާދޫ ކައުންސިލު ހޮވަން!
އާ އަހަރަށް ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް
ދިވެހީންގެ ގައުމީ ހަޔާތުން ފެންނަ އެންމެ ރީތި އެއް ސިފައަކީ ދިވެހީންގެ
އެކަނިވެރި މައިންގެ އެލަވަންސް 3000 ރުފިޔާއަށް، އެންމެ ގިނަވެގެން ލިބޭނީ 15،000
ރިސޯޓު މުވައްޒަފުންނަށް ރިސޯޓާ ކައިރިން ބޯހިޔާވަހިކަން ހަމަޖައްސާނަން: ރައީސް
މާލެ-ހުޅުމާލެ ހައިވޭއާ ޖެހިގެން ރޭސިން ޓްރެކް އަޅަނީ