ސްރީ ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރުނޭގަލަ ޑިސްޓްރިކްޓުގެ ޕައްނަލަ ނަމަކަށް ކިޔާ ސަހަރެއްގައި ހުންނަ މުސްކުޅިން ބަލަހައްޓާ ސެންޓަރަކުން 11 މީހަކު މަރުވެއްޖެ އެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން އެ މީހުން މަރުވީ ވާރޭވެހުމުގެ ސަބަބުން އެ ސެންޓަރުގެ ތެރޭގައި ފެންބޮޑުވެ ނުނިކުމެވި ތާށިވުމުގެ ސަބަބުންނެވެ. މަރުވި އެންމެންގެ ތެރޭގައިވެސް ހިމެނެނީ އަންހެނުން ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
ކަމާބެހޭ އިދާރާތަކާ ހަވާލާދީ ލަންކާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ސެންޓަރު އެއްކޮށް ކަހަލަ ގޮތަކަށް ހުރީ ފެނު އަޑީގައެވެ. ނަމަވެސް އެމަޖެންސީ ރެސްޕޮންޑާސް އާއި ވޮލަންޓިއަރުން ކުރި ބުރަ މަސައްކަތުން އެތަނުގެ ތެރެއިން 14 މީހަކު ސަލާމަތްކުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ތޫފާން ”ޑިޓްވާ“އާ ގުޅިގެން ކުރަމުންދާ ވިއްސާރައިގެ ސަބަބުން ލަންކާގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ އެތައް ހާދިސާއެއް ދަނީ ހިނގަމުންނެވެ. އެ ހާދިސާތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 150 އިން މައްޗަށް އަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.




2 Comments
ގުޅުންހުރި
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ އަވަހާރަވެއްޖެ
އަރުވާލެވިގެން 17 އަހަރު ހުރުމަށްފަހު ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އެނބުރި ގައުމަށް
ޣައްޒާގެ ގެއެއް ވެއްޓި, އެއް އާއިލާއެއްގެ ފަސް މެންބަރުން ނިޔާވެއްޖެ
ސިޑްނީގެ ބޮންޑީ ބީޗުގައި ބަޑި ޖަހައި މަރާލި މީހުންގެ އަދަދު 15