ބޭރު ގައުމުތަކުގައި ތިބި ކުށްކުރާ ދިވެހިންނަށް ފުލުހުންގެ އިންޒާރު: ތިބި ތަނަކުން ގެނެސް ތަހުގީގު ހިންގާނަން!

ބޭރު ގައުމުތަކުގައި ގާއިމުވެތިބެގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވުމުގައި ދިވެހިން ހަރަކާތްތެރިވަމުންދާ ކަމަށާއި ކޮންމެ ތަނެއްގައި ތިބި ނަމަވެސް އެ މީހުން ރާއްޖެ ގެނެސް ތަހުގީގު ހިންގާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް ހެޑް އޮފް ޑްރަގް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލް، ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ނާއިފް ވިދާޅުވީ، ސަރަހައްދީ ގައުމުތަކުގައި ތިބެގެން ރާއްޖެއަށް ޑުރަގް ފޮނުވާ ތިން ދިވެހިން މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ރާއްޖެއަށް ޑުރަގް ފޮނުވުމުގައި އެެއާ ކާގޯ އާއި ސީ ކާގޯގެ އިތުރުން ކަރަންޓާއި ބަދިގޭ ސާމާނުތަކުގައި ޑުރަގް ފޮރުވައިގެން ރާއްޖެއަށް ފޮނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ

”ދުނިޔޭގެ ކޮންމެ ސަރަހައްދެއްގައި ގާއިމުވެގެން ތިބި ކަމުގައިވީނަމަވެސް މިފަދަ ޖިނާއީ ކުށް ކުރާ ފަރާތްތަައް އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ވިޔަސް އަޅުގަނޑުމެން އެ ފަރާތްތައް ރާއްޖެއަށް ގެނެސްގެން ތަހުގީގު ހިންގާނަން،“ ނާއިފު ވިދާޅުވި އެވެ

އޭނާ ވިދާޅުވީ، އެފަދަ ކުށްވެރިން ރާއްޖެ ގެނައުމުގައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ބަދަލުކުރުމާއި ނުވަތަ އެހީތެރިކަން ހޯދުމާ ބެހޭ ގާނޫނުގެ ތެރެއިން އަވައްޓެރި ގައުމުތަކާއި ދުނިޔޭގެ އެކި ގައުމުތަކާ އެއްކޮށް ތަހުގީގު ތެރެއިން ފުޅާ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

12 Comments

  • Kokko Atin ޑިސެމްބަރ 24, 2025

    😂🤣🤣🤣 joke 😃

  • Ali Nahida ޑިސެމްބަރ 25, 2025

    Furathama amilla gaumu ga thibi kuhkuraa meehunge thahugeegu hingabala

    • Sultan Ameeru Sultan Ameeru ޑިސެމްބަރ 25, 2025

      Ali Nahida yageen amilaya gei lislaahu kofa mujuthumau..

  • Kaito Kenji ޑިސެމްބަރ 25, 2025

    Raaajje ga huri meehuhnah kameh nukurevigen ulhey iru beyru gaumu thakuga huri bayakah kameh kurevidhaane tha?
    Kess beyleynee fuluhun ah

  • Luna Ibrahim ޑިސެމްބަރ 25, 2025

    Dhn fuluhunge theray thibi kuh kuraa meehunah dhevey adhabaky kobayo

    • Sultan Ameeru Sultan Ameeru ޑިސެމްބަރ 25, 2025

      Luna Ibrahim rangalhu vaahakeh thaakun zivaanaku fehna irah police fleet ah join kuran frusathu dhinumah vure harudhana deenah loobi kuraa meehun ehthaa thibigen menuvee islaaheh nukurevene….

  • Uskko Maarnzee ޑިސެމްބަރ 26, 2025

    Thihen Ihusaanu fuluhun neregen meehun fahathun ves dhuvefi mee kameh kobaa..,😂🤦🏻‍♂️

  • Inaash Ahmed ޑިސެމްބަރ 26, 2025

    kaleymen article nuliye article liyaane goii dhas kuran v eyah fahu fuluhun ey beyru gaumey bis dabiyaley kiyaafa lieyey. komme lhaa akah online news page eh dheyn v sarukaarun😂

  • Mohamed Zaki ޑިސެމްބަރ 26, 2025

    Vikkaa meehunaa boa meehun vanee gina vagakah noon magu matheega gane vikkaa boi hadhanee

  • Anah Mee ޑިސެމްބަރ 26, 2025

    Vaavaruge vaahaka dhahkaala, lanka india ga hureema geneveyne ehen thaakun nugeneveyne, ehen nama mnprc ge meheun genevuneess

  • Sammi ޑިސެމްބަރ 27, 2025

    Garunuge bodu jock. Hehehe…..

  • Ahmed Asraar ޑިސެމްބަރ 29, 2025

    ތަހުގީގޭހިންގެނީ ފިޔަވަޅެއްނޭޅެޔޭ

Leave a Reply to Mohamed Zaki Cancel reply