އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު ހައްޔަރުކޮށް ފޮޓޯ އާންމުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފެއްގެ އަތުން ޑޮލަރު ހުރި ބްރީފްކޭސްއެއް ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ވީއައިއޭގެ ޓާމިނަލް 1 އަށް ވަންނަންދިޔަ ބީއެމްއެލްގެ ދެ މުވައްޒަފަކަށް ވަޅިން ބިރު ދެއްކުމަށްފަހު އެ މީހުން ގެންގުޅުނު ފައިސާ ހުރި ސޫޓު ކޭހެެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގެންފައިވަނީ 27 އޮކްޓޫބަރު 2025ގެ ފަތިހު 4:45 އެހާކަންހާއިރެވެ. ފޭރިގެން ސޫޓް ކޭހުގައި ހުރީ ޓާމިނަލް 1ގައި ހުންނަ ޑޮލަރު ކައުންޓަރަށް ގެންދިޔަ ޑޮލަރެވެ.

ފުލުހުން އޭރު ބުނި ގޮތުގައި ޑޮލަރުތައް ގެންދިއުމުގައި ބީއެމްއެލުން ފުލުހުންގެ ސެކިއުރިޓީ ބޭނުންކޮށްފައެއް ނުވެ އެވެ.

ފުލުހުން މިއަދު ބުނީ، އެއާޕޯޓުގައި ހިންގި ފޭރުމުގެ މައްސަލައިގެ ތުހުމަތުގައި 13 ޖަނަވަރީ 2026 ގައި ރ. މަޑުއްވަރި/ މީޒާން، އިސްމާއިލް ސިރްހާން (30އ) ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

އެހެންކަމުން މި މައްސަލައިގެ ތުހުމަތުގައި ޖުމުލަ 8 މީހަކު ތިބީ ހައްޔަރުކޮށްފަ އެވެ. މި އެންމެންވެސް ތިބީ ބަންދުގަ އެވެ. އެ މީހުންނަކީ:

  1. ލ. މާވަށް/ ރޭޝަމް، މާޒިން މޫސާ، 25އ.
  2. މ. ކޯރަސް/ އަހްމަދު ރައިހާން ނައީމް، 20އ.
  3. ކ. ގުރައިދޫ/ އަޅިވިލާގެ، އިބްރާހީމް އަނޫފް، 24އ.
  4. ކ. ގުރައިދޫ/ އަޅިވިލާގެ، ހުސައިން ޝަހުދު، 30އ.
  5. ގއ. ވިލިނގިލި/ ބިނާ، އަބްދުލްއައްވަލް އިބްރާހިމް އަބޫބަކުރު، 27އ.
  6. ތ. ވިލުފުށި/ އެހީވާގެ، އަހުމަދު މާހިދު، 44އ.
  7. ސ. ހިތަދޫ/ ވަށަގުލިމާގެ، އަލީ އަފްޒަލް، 21އ.

އެއާޕޯޓުން ފައިސާތަކެއް ފޭރުނުތާ ގާތްގަނޑަކަށް ތިން މަސް ވެފައިވާއިރު އެ މައްސަލައިގައި މިހާތަނަށް މާބޮޑު މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

4 Comments

  • Muhammad Ibrahim ޖެނުއަރީ 15, 2026

    Box ga dollar huri varah meehun hayyaru kuriyas, thi faisaa hiye nuvey dhen fennaane hene.

  • Ahmed Mahz ޖެނުއަރީ 15, 2026

    Ajaibeh hama meehun hayyaru kuranee koba laari ge khabarakee?

  • Kaito Kenji ޖެނުއަރީ 15, 2026

    8 mass fahun..dhivehin fuluhun dhen ehen kamakaa ulhen veenu…thi aamu bayakah havaalu kuriyas 24hr therrey thikan kuri bayaku hoadhaa dollar thakah vee gotheh hoadhuneees…

  • ހަމާސް ޝަރީފު ޖެނުއަރީ 16, 2026

    Dhen buney saruthu hama vaathy feyrunu emmen ah gang eh hadhaafa feyren huhdha dheeefeemey

Leave a Reply to Kaito Kenji Cancel reply