ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މިރޭ ބުނީ ހުޅުމާލެ، ނިރޮޅުމަގު ހަތްތަރި މާޓް ކައިރިން، ތެޔޮބައުޒަރަކާ ސައިކަލެއް ޖެހި އެކްސިޑެންވެފައިވާ ކަމަށް މިރޭ 10:21 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި އަނިޔާވި 30 އަހަރުގެ ދިވެހި ފިރިހެނަކަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ދީފައެއް ނުވެއެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.







