ވޯލްޑް
ކަޕް

ޗުއަމެނީއަށް އަނިޔާވެ ޕެރެގުއާއީ މެޗުގައި ނުކުޅެވޭނެ

ފްރާންސް މިޑްފީލްޑަރު ޗުއަމެނީ -- ފޮޓޯ: ރޮއިޓާސް

ފްރާންސްގެ މިޑްފީލްޑަރު އޯރެލިއެން ޗުއަމެނީއަށް ލިބުނު އަނިޔާއެއްގެ ސަބަބުން، ވޯލްޑް ކަޕް 2026 ގެ ގަދަ 16 މެޗު ގެއްލޭނެ ކަމަށް ރިޕޯޓުކޮށްފިއެވެ.

ފްރާންސްގެ ނޫހެއް ކަމުގައިވާ ލެކީޕުން ރިޕޯޓުކޮށްފައިވާ ގޮތުގައި ގަދަ 16 ގައި ފްރާންސުން ޕެރަގުއާއީއާ ދެކޮޅަށް ކުޅޭ މެޗުގައި ޗުއަމެނީއަށް ނުކުޅެވެނީ އޭނާގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.

އުމުރުން 26 އަހަރުގެ ޗުއަމެނީ ވަނީ މި މުބާރާތުގައި ފްރާންސް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުގައި ފުރަތަމަ އެގާރައިގައި ކުޅެފައެވެ. އޭނާގެ ބަދަލުގައި މެނޫ ކޮނޭ ކުޅޭނެ ކަމަށް ބެލެވެއެވެ.

ފްރާންސް ވަނީ ގްރޫޕް އައިގެ ހުރިހާ މެޗެއް ކާމިޔާބުކޮށް، ގްރޫޕްގެ އެއްވަނައިގައި ނޮކައުޓް ބުރަށް ދަތުރުކޮށްފައެވެ. އޭގެ ފަހުން ގަދަ 32 ގެ ބުރުގައި ސްވިޑެން އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެ ގަދަ 16 އަށް ވަނީ ދަތުރުކޮށްފައެވެ.

ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި ފްރާންސުން ޕެރަގުއާއީއާ ދެކޮޅަށް ނުކުންނާނީ ރާއްޖޭގަޑިން މިރޭ ދަންވަރު 2:00 ގައެވެ.