ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޑުރަގްސް އަތުލައިގެންފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ، އެ ތަކެތި އަތުލައިގަތީ މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު ޕޯސްޓް އޮފީހުން ކަމަށެވެ.
އަދި އަތުލައިގެން ތަކެތި ޓެސްޓުކުރި އިރު، ސިންތެޓިކް ކެތިނޯން (ބާތް ސޯލްޓް) އަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ބުންޏެވެ.


