މާލެއިން ފުރައިގެން ގދ. ތިނަދުއަށް ދަތުރުކުރަމުންދިޔަ ބޯޓެއް އަޑިއަށްދާތީ އެ ބޯޓު ފުންކުރުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މާލެއިން ފުރައިގެން ގދ. ތިނަދުއަށް ދަތުރުކުރަމުންދިޔަ ”ޖަޒީރާ“ ނަމަކަށް ކިޔާ އެ ބޯޓު ވ. ފެލިދޫ ހުޅަނގު ކަނޑަށް އަޑިއަށްދާކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރުފަހު 3:26 އެހާކަންހާއިރު ކަމަށެވެ.
އޭރު ބޯޓުގައި ތިބީ ހަތަރު ބިދޭސީ ފިރިހެނުންނާއި ތިން ދިވެހި ފިރިހެނުންނެވެ.
ފުލުހުން ބުނީ، އެ މީހުން ފުލުހުންގެ އެހީތެރިކަމާއެކު ފުލިދޫ އަށް ގެންގޮސްފައިވާ ކަމަށާއި އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
ޖަޒީރާ ބޯޓު ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން އަންނައިރު، އެ ހިދުމަތުން ވަނީ ބޯޓުގެ ބައެއް ތަކެތި އޮޔާދާތީ ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.


