ހައްޖާއި އުމްރާގެ އަޅުކަމަކީ ގިނަ މުސްލިމުންނަށް، ހަޔާތުގައި އެއްފަހަރު އަދާކުރުމުގެ ޝަރަފު ލިބޭ އަޅުކަމެކެވެ. މި އަޅުކަން އަދާކުރުމަށް އެތައް މަހެއްގެ، ބައެއް ފަހަރު އެތައް އަހަރެއްގެ ތައްޔާރީތައް ވާންޖެހެ އެވެ. އެކަމަށް ފައިސާ އެއްކުރުމާއި ޖިސްމާނީ ގޮތުން ތައްޔާރުވުމާއި ނަފުސާނީ ގޮތުން ތައްޔާރުވުމުގެ އިތުރުން މި މާތް ދަތުރަށް އޮތް ޝައުގުވެރިކަން ވެސް އިތުރުވެ އެވެ.
ހާއްސަކޮށް، އުމްރާއަށް ދިއުމަކީ މިހާރު ކުންފުންޏެއްގެ ހަވާލުގައި ނޫނަސް، އެކަނިވެސް ދަތުރު ހަދާފައި ގޮސް ކުރެވޭ ކަމަކަށްވާތީ، އެ ފުރުސަތު ވެސް އެބަ އޮތެވެ. ބައިނަލްއަގުވާމީ އެހެން ދަތުރުތަކެކޭ އެއްފަދައިން ވިސާ ހޯދުމާއި ޓިކެޓު ގަތުމާއި މި ހުރިހާ ކަމެއްވެސް ކުރަންޖެހެ އެވެ.
އެހެންނަމަވެސް އެހާ ތައްޔާރުވެ އިންތިޒާމުތައް ހަދާފައިވާ ދަތުރެއްގައިވެސް އުންމީދުނުކުރާ ފަދަ ހާލަތެއް ދިމާވެދާނެއެވެ. ދަތުރު ލަސްވެ، ފުރާ ފުލައިޓު ނުވަތަ ޓްރާންސިޓް ފުލައިޓު މިސްވުމާއި، ޕާސްޕޯޓު ނުވަތަ ޗެކް-އިން ލަގެޖު ގެއްލުމާއި، ފައިސާ ފަދަ އަގުހުރި ތަކެތި ގެއްލުން ފަދަ ހާލަތެއް ދިމާވެއްޖެ ނަމަ، ޢުމްރާގެ ދަތުރަށް ބުރޫއެރުމުގެ ފުރުޞަތު ބޮޑެވެ. ނުވަތަ، އަޅުކަމުގައި އުޅޭއިރު އެހެން ކަންކަމާ މެދު ވިސްނި، އެހެން ހިޔާލުތަކާއި ފިކުރުތަކުގައި ގެނބި، ޢުމްރާގެ އަޅުކަން އަދާކުރުމަށް ސަމާލުކަން ނުދެވި ވެސް ހިނގައިދާނެއެވެ.
އެހެންކަމުން، ހަމައެކަނި ފޮށިތަންމަތި ބަނުމަކުން ޢުމްރާގެ ދަތުރަކަށް ތައްޔާރެއް ނުވެވެއެވެ. މިހެން ދިމާވެދާނެ ހާލަތަކަށް ރައްކާތެރިވުމަށް ފިޔަވަޅުތަކެއް ވެސް އަޅަން ވާނެއެވެ.
އެލައިޑްގެ ”ހައްޖު އެންޑް އުމްރާ ތަކާފުލް“ ފަރުމާކޮށްފައިވަނީ މިފަދަ ހާލަތްތަކުގައި ދިމާވާ މާލީ ގެއްލުންތައް ފޫބައްދައިދޭށެވެ. އެގޮތުން، އެމަޖެންސީ ޞިއްޙީ ފަރުވާއަށް ދާ ޚަރަދާއި، ދާއިމީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެއްޖެ ނަމަ އެކަމެއްގެ ބަދަލާއި، ފޮއްޓާއި ދަބަސް އަދި ޕާސްޕޯޓު ގެއްލިއްޖެ ނަމަ އެކަމުގެ ބަދަލާއި، ދަތުރަށް ތައްޔާރުވެ ހުއްޓާ ދަތުރު ކެންސަލްވެއްޖެ ނަމަ އެ ގެއްލުމުން ލިބޭ ބަދަލާއި، ދަތުރެއްގެ މަތީގައި އުޅޭއިރު ދިމާވެދާނެ މި ނޫންވެސް އެހެން ހާލަތްތަކަށް ބަދަލު ލިބޭނެއެވެ.
ޙައްޖާއި ޢުމްރާގެ އަޅުކަމުގެ ދަތުރަށް ފުރާ އިރު، ސަމާލުކަން ދޭންވާނީ ދަތުރުމަތީގައި ދިމާވެދާނެ ކަމަކާ ގުޅޭގޮތުން ކަންބޮޑުވުންތަކަށް ވުރެ ބޮޑަށް، ރޫހާނީ ގޮތުން ވަރުގަދަ އަދި އަޅުކަމަށް ސަމާލުކަންދޭ، ހުރިހާ ގޮތަކުން ވެސް ކުރިއަށް ވުރެ އިސްލާހުވެފައިވާ މީހަކަށް ވުމަށެވެ. އެލައިޑްގެ ޙައްޖު ޢުމްރާ ތަކާފުލްއިން ފޯރުކޮށްދެނީ އިތުބާރެވެ.
އެލައިޑްގެ ”މައި އެލައިޑް“ ޕޯޓަލް މެދުވެރިކޮށް މި ޕްލޭން އޮންލައިންކޮށް ނަންގަވައިލެވޭނެއެވެ.


