ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ފްރާންސް ކެޕްޓަން ކިލިއަން އެމްބާޕޭ މުގުރާލައިފިއެވެ.
އެމްބާޕޭ މި ރެކޯޑު މުގުރާލާފައިވަނީ މިހާރު ކުޅެމުންދާ ވޯލްޑް ކަޕް 2026 ގެ ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި އިންގްލެންޑް ކޮޅަށް ދެ ގޯލު ޖަހައިގެންނެވެ. އެ މެޗުން ފްރާންސް ބަލިވީ 4-6 ގެ ނަތީޖާއަކުންނެވެ.
މި ރެކޯޑަކީ މި ވޯލްޑް ކަޕްގެ ތެރޭގައި އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީ ހެދި ރެކޯޑެކެވެ. މިހާތަނަށް ވޯލްޑް ކަޕްގައި އެމްބާޕޭ 22 ގޯލު ޖަހާފައިވާ އިރު، މެސީ ވަނީ 21 ގޯލު ޖަހައިފައެވެ.
މިރޭގެ މެޗުގައި އެމްބާޕޭ ވަނީ މި ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ވެސް އެންމެ ކުރިއަށް ޖެހިލައިފައެވެ. މިރޭގެ މެޗަށް ނުކުތް އިރު، އެ ލިސްޓުގެ ކުރީގައި އެމްބާޕޭ އޮތީ މެސީއާއެކު އެއްވަރުވެފައެވެ. މިހާރު އެމްބާޕޭ މި ވޯލްޑް ކަޕްގައި ވަނީ ދިހަ ގޯލު ޖަހައިފައެވެ. އަދި މެސީއަށް ޖެހިފައިވަނީ އަށް ގޯލެވެ.
އެމްބާޕޭގެ ރެކޯޑު އަދި ރަން ބޫޓު ހޯދުމުގެ ފުރުސަތު މެސީއަށް އަދިވެސް އޮންނާނެއެވެ. އެއީ ރާއްޖޭގަޑިން މާދަމާ ރޭ 12:00 ގައި ކުޅޭ ފައިނަލް މެޗުގައި ސްޕެއިން ކޮޅަށް ދެ ގޯލު ޖަހައިގެންނެވެ.


