ޑައިމޯފިން ޓްރެފިކް ކުރިކަން ސާބިތުވި މީހަކު 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
މި މައްސަލައިގައި ޖަލަށް ލާން ހުކުމްކޮށް، 100،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ކޯޓުން ހުކުމްކުރީ ދަފްތަރު ނަންބަރު 07 / ސ. މީދޫ, އަބްދުލްވައްހާބު އަހުމަދު (59 އ) އެވެ. އޭނާގެ މައްޗަށް ހުކުމް އިއްވީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުންނެވެ.
މި މައްސަލައަކީ 1 ޑިސެމްބަރު 2021 ގައި ފުލުހުންނަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވީ 12 ޖަނަވަރީ 2022 ގައެވެ.


