ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމުން, ނުލަފާކަމުން, ބަސްނޭހީމަ: އަބްދުއްރަހީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ކުރީގެ ރައީސް އަބްދުالله ޔާމީނަށް ނާކާމިޔާބުވެ, ދެވަނަ ދައުރެއް ލިބިވަޑައިނުގެން އެ ވެރިކަން ނިމުނީ އެ މަނިކުފާނުގެ ބޮޑާކަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ ޕާޓީ, ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ.

ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ޔާމީނަށް ނިސްބަތްކުރައްވައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ, ރައްޔިތުން އިންތިހާބު ކޮށްފައި ހުރި ރައީސުލްޖުމްހޫރިއްޔާއަކަށް އެ މަގާމުގެ ނަން ގެންނަން ނުކުރޭ ހިސާބަށް, ވެރިކަން ކުރައްވާފައިވާ ހުންނެވި ބޭފުޅެއްގެ ފެންވަރު ދިއުމުން, އެ ބޭފުޅެއްގެ ހަސަދަވެރިކަން ހިތުގައި އޮތް މިންވަރު އެނގޭ ކަމަށެވެ.

އަދި ޔާމީން އެ މޭރުމުން ވާހަކަފުޅު ދެއްކެވިޔަސް ރައްދު ދެއްވަން ބޭނުންފުޅު ނުވާ ކަމަށާއި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ނުނިމޭ ކަމަށާއި ނިމުނީ ޔާމީންގެ ވެރިކަން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

”ވެރިކަން ނިމުނީ ބޮޑާކަމުން, ވެރިކަން ނިމުނީ ކިނބުރުވެރިކަމުން, ވެރިކަން ނިމުނީ ނުލަފާކަމުން, ވެރިކަން ނިމުނީ ބަސް ނޭހީމަ, ވެރިކަން ނިމުނީ އަދުލުއިންސާފު ގާއިމުނުކުރީމާ, ވެރިކަން ނިމުނީ އަނިޔާވެރިވީމަ, ވެރިކަން ނިމުނީ ހިޔާނާތްތެރިވީމާ, ވެރިކަން ނިމުނީ ދިވެހި ރައްޔިތުންގެ ބައިތުލްމާލު ދިރުވާލީމާ, ވެރިކަން ނިމުނީ އަނބިމީހާގެ ދަށުވީމާ,“ އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ, އޭނާ ގޯސްވެގެން އުޅެނީ ޔާމީން ނޫން މީހަކަށް ވެރިކަން ހޯދައިދޭން ނުކުތުމުން ކަމަށާއި އޭގެ ކުރިން އޭނާ ކަމުދާ ކަމަށެވެ.