ދިރިއުޅުމުގައި ދިމާވާ ކުއްލި ކަމެއް ނުވަތަ ހާދިސާއެއްގެ ސަބަބުން ދަރަނިވެރިއަކު ނިޔާވެއްޖެނަމަ، އޭނާގެ އާއިލާއަށް ލިބޭ ހިތްދަތިކަމާއެކު މާލީގޮތުންވެސް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. ދަރަނިވެރިޔާގެ ދަރަނި އަދާކުރުމަށް ޓަކައި، ރަހުނުކޮށްފައިވާ މުދާ ވިއްކާލަންވެސް މަޖުބޫރުވެއެވެ. އާއިލާތައް ނިކަމެތިވެގެންދެއެވެ.
އެފަދަ ކަމަކުން ދަރަނިވެރިޔާގެ އާއިލާ ރައްކާތެރިކޮށްދިނުމަށް އެލައިޑް ތަކާފުލް އިން ފަރުމާކޮށްފައިވަނީ ”ޑެޓް ޕްރޮޓެކްޝަން ތަކާފުލް ޕްލޭން“އެވެ. މިއީ ދަރަންޏެއް ނަގާފައިވާ ފަރާތަކަށް ދިމާވާ ކަމެއްގެ ސަބަބުން ކުއްލިއަކަށް ނިޔާވެއްޖެނަމަ، ސެޓްފިކެޓުގެ ބަދަލުގެ ގޮތުގައި ލިބޭ ފައިސާއިން އެ ދަރަނި އަދާކޮށްދޭ ޕްލޭނެކެވެ.
މި ޕްލޭން މަސައްކަތް ކުރަނީ ކިހިނެއް ހެއްޔެވެ؟
ދަރަނި ނަގާ ފަރާތުން މި ސެޓްފިކެޓަށް އެއްފަހަރާ ވެސް އަދި ވަކި މުއްދަތަކަށް ބަހާލައިގެންވެސް ފައިސާ ދެއްކިދާނެއެވެ. ސެޓްފިކެޓުގެ އަގު ދަރަނި
ދައްކާވަރަކުން ކޮންމެ އަހަރަކު ދަށަށްދާނެއެވެ.
ޕްލޭން ނެގި ފަރާތުން ކުއްލި ގޮތަކަށް ނިޔާވެއްޖެނަމަ، އަދި ސެޓްފިކެޓުގެ މުއްދަތު ހިނގަމުންދާނަމަ، ދަރަނި ހަލާސްކުރުމަށް ޓަކައި ސެޓްފިކެޓުގައި ބަޔާންކޮށްފައިވާ އަދަދު މާލީ އިދާރާއަށް ދައްކައި ހަލާސްކޮށްދެވޭނެއެވެ.
މިސާލަކަށް؛
އުމުރުން 30 އަހަރުގެ މުހައްމަދު، އޭނާގެ ގެ ރަހުނުކުރުމަށްފަހު ބޭންކަކުން 300،000 ދިވެހި ރުފިޔާގެ އިސްލާމިކް ފައިނޭންސިންގ ފެސިލިޓީއެއް ނެގިއެވެ. އަދި އެ ދަރަނީގެ ރަހުނެއްގެ ގޮތުގައި ހަމަ އެ އަދަދަށް އެލައިޑްގެ ޑެޓް ޕްރޮޓެކްޝަން ތަކާފުލް ޕުލޭނެއް ނެގިއެވެ. އަދި ކޮންމެ މަހަކު އެއްވަރެއްގެ އަދަދަކުން ބޭންކަށް ދަރަނި އަދާކުރަމުން ގެންދެއެވެ. ނަމަވެސް އުމުރުން 35 އަހަރުގައި އޭނާ ކުއްލި ގޮތަކަށް ނިޔާވިއެވެ.
މި ހާލަތުގައި ޕްލޭންގެ ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބާކީ އޮތް ދަރަނި ބޭންކަށް ދައްކައި، ދަރަނި އެއްކޮށް ހަލާސްކޮށްދެވޭނެއެވެ. އަދި ބޭންކުން ރަހުނުކޮށްފައިވާ މުދާ ދޫކޮށްލައި އޭނާގެ އާއިލާއާ ހަވާލުކުރާނެއެވެ. އެހެންކަމުން، އޭނާގެ އާއިލާއަށް ނުވަތަ ވާރުތަވެރިންނަށް ދަރަނީގެ ބުރައެއް އުފުލާކަށް ނުޖެހުނެވެ.
ބޭނުންވާ ލިޔެކިޔުންތައް:
- ދަރަނި ނަގާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ
- ބޭންކް ނުވަތަ މާލީ އިދާރާ އާއި ދަރަނި ނަގާ ފަރާތާ ދެމެދު ވެފައިވާ މާލީ އެއްބަސްވުން
- ކޮންޓްރިބިއުޝަން
މެޑިކަލް ރިޕޯޓް (ބޭނުންވާ ޙާލަތްތަކުގައި އެކަނި(.
ނޯޓް: ޑެޓް ޕްރޮޓަކްޝަން ތަކާފުލްއަކީ ހަމައެކަނި އިސްލާމީ ޝަރީޢާގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނަގާފައިވާ ދަރަނިތައް ކަވަރުކޮށްދޭ ޕްލޭނެކެވެ.


