ނ. ޅޮހީގައި ފެނަކަ އިން އައުޓްޑޯ ޖިމެއް ތަރައްގީކޮށްފިއެވެ.
ޅޮހީގައި އައުޓް ޑޯ ޖިމެއް އަޅަން ފެނަކައާ ހަވާލުކުރީ ސްޕޯޓްސް މިނިސްޓްރީންނެވެ. އެ މަސައްކަތް މިދިޔަ އަހަރު ފެށިއިރު، ނިންމާލީ އިއްޔެގައެވެ.
ފެނަކަ އިން ވިދާޅުވި ގޮތުގައި ޅޮހީގައި އައުޓްޑޯ ޖިމް ތަރައްގީ ކުރުމުގެ މައިގަނޑު މަގްސަދަކީ އެ ރަށުގެ ރައްޔިތުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށްޓަކައި ކަސްރަތު ކުރުމުގެ ފަސޭހަ ފުރުސަތުތައް ފަހިކޮށްދިނުމެވެ. އެގޮތަށް ރައްޔިތުންގެ މެދުގައި ކަސްރަތުގެ ސަގާފަތެއް އާލާކޮށް، ސިއްހީ ހޭލުންތެރިކަން އިތުރު ކުރުމަށް މި މަޝްރޫއުން އެހީތެރިވެދޭނެ ކަމަށްވެސް ފެނަކަ އިން ވިދާޅުވިއެވެ.
ރާއްޖޭގެ އެކިރައްތަކުގައި މިފަދައިން ކުރިޔަށްގެންދާ މަޝްރޫއުތަކަކީ ރައްޔިތުންގެ ދުޅަހެޔޮކަން ކުރިއެރުވުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސް ނެންގެވުމުގެ މަތިން ހިންގަމުން ގެންދާ ޚާއްސަ މަޝްރޫއުތަކެކެވެ.


