ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ ހާއްސަ މުޝީރު، އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ)ގެ ބްރޭންޑް ކިތަންމެ ވަރަކަށް ސަޖިދައިގެ ފޮޓޯއިން ރީބްރޭންޑް ކުރިޔަސް ފެންނާނީ މަކަރާއި ހީލަތް ކަމަށާއި ބޮޑު ދެ ބާޒުންގެ ގޮތުގައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގައި އިސްކޮށް އުޅުއްވާ އަދި އެ މަނިކުފާނުގެ ގާނޫނީ ޓީމުގައި އިސް ވަކީލު ޖަމީލު އެހެން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް މުއިއްޒު ޕީއެންސީއަށް ސޮއިކުރި ދުވަހުގެ ފޮޓޯ އަކާއެކު ހިއްސާކޮށްފައިވާ ޕޯސްޓުގައި ޖަމީލު ވިދާޅުވެފައިވަނީ ތިމާމެންގެ ހަގީގަތް އަދި އަސްލު ނުލަފާކަން ހާމަވާން ކަންތައްތަކެއް އަބަދުވެސް ﷲ ތައާލާ މިންވަރު ކުރައްވާ ކަމަށެވެ.
”މިއަދު ޕީޕީއެމް ފައްތާލައިފި. އެތަކެއް ބަޔަކަށް އޮޅުވާލާ ޕީއެންސީގެ ފޯމް ފުރުވީ. ފަހު ވަގުތު މަޖިލިސް ޕްރައިމަރީގައި ޕީޕީއެމްގެ އެތަކެއް ރައްޔިތުންނަށް މިއަދު ކެހިދީފި. އެތަކެއް އާއިލާތަކުގެ ބުރަ މަސައްކަތް ޖަހައިގެންފި. ދުރާލާ ރާވައިގެން އެތައް ކެންޑިޑޭޓުން ކަޓުވާލައިފި،“ ޖަމީލު ވިދާޅުވެފައިވެ އެވެ.
”ފުރަތަމަ ރައީސް ޔާމީންގެ ބުރަކައްޓަށް ވަޅި ހެރީ. ޕާޓީ ޖަހައިގަނެ އެ މަނިކުފާނު ކުރި ބުރަ މަސައްކަތަށް ތެޔޮ ހަމެއް ދިނީ. އެއަށްފަހު ޝަރީއަތަށް އަތްބާނާ ނުފޫޒު ފޯރުވަން މަސައްކަތް ކުރަނީ،“ ރައީސް މުއިއްޒަށާއި އަދުރޭއަށް ތުހުމަތު ކުރައްވައި ޖަމީލު ވިދާޅުވި އެވެ.

ގުޅުންހުރި
ރައީސްގެ ވަޓްސްއެޕް ޗެނަލެއް، 6 ގަޑިއިރު ތެރޭ 2،000 މީހުން ވަދެއްޖެ
މިއަދަކީ އެކްސްޕޯ 2025 ގެ ފަހު ދުވަސް، 40 އެގްޒިބިޓަރުން ބައިވެރިވި!
ކޮރަޕްޝަންގެ މައްސަލައެއް ބަލަން އޭސީސީ އާއި ފުލުހުން، އެގްރިކަލްޗާ މިނިސްޓްރީއަށް ވަދެއްޖެ
މާންދީއާއި މާޒް ސަލީމް ބަރަހަނާކޮށް ފޮޓޯ ނަގަން އަމުރުކޮށްފި
ޖާހްގެ ބޭންކު އެކައުންޓްތަކުގައި ފައިސާ ފައިސާ ހުރި ނަމަ ހިފަހައްޓަން އަމުރުކޮށްފި
ސީއެސްސީއަށް މުޖުތާޒް އައްޔަންކުރައްވައިފި