ސެޕްޓެމްބަރ 22, 2024

ދިވެހި މަސް ދޯނިތަކުގައި އިންޑިއާ ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާ ވީޑިއޯ އާންމުކޮށްފި

ދިވެހި މަސް ދޯނިތަކަށް އެރި އިންޑިއާގެ ސިފައިން ހަރަކާތްތެރިވަމުންދިޔަ ވީޑިއޯއެއް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން މިއަދު އާންމުކޮށްފި އެވެ.

މިދިޔަ ބުދަ ދުވަހު އިންޑިއާގެ ސިފައިން އެރީ އަސުރުމާ-3، ނިރު-7 އަދި މާހޯރަ-3 ދޯންޏަށެވެ. ދޯނިތަކަށް އެރީ ކޮން ގައުމެއްގެ ކޮން ބައެއްކަން ޔަގީންނުވާ ކަމަށް ދިވެހި ކޯސްޓް ގާޑުން ބުނި ނަމަވެސް މިއަދު އާންމުކޮށްފައިވާ 16 ސިކުންތުގެ އެ ވީޑިއޯ އިން ފެންނަ ގޮތުގައި ދޯނިތަކަށް އަރައިގެން ހަރަކާތްތެރިވީ އިންޑިއާ ކޯސްޓްގާޑުގެ ސިފައިންނެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން އާންމުކޮށްފައިވާ ވީޑިއޯގައި ފެންނަނީ އިންޑިއާ ސިފައިން އެރި ދޯންޏެއްގައި ހުރި ދިވެއްސަކު ނަގާފައިވާ ވީޑިއޯއެކެވެ. އެއީ ކޮން ދޯންޏެއް ކަމެއް ނޭނގެއެވެ. ނަމަވެސް ވީޑިއޯ ކުރި މީހާ ފިޔަވައި، އެ ދޯނީގެ ހުރިހާ ފަޅުވެރިން ތިބީ ދޯނީގެ ފަހަތަށް ގެންގޮސްފަ އެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި، އެ ދޯންޏަށް އަރާ އުޅުނީ ތިން މީހެކެވެ. އޭގެ ތެރެއިން އެކަކު ހުރީ ހެލްމެޓް އަޅައިގެން ހަތިޔާރާއެކު އެވެ. އޭނާގެ ޔުނީފޯމުގައި ހަރުކޮށްފައިވާ ބެޖުން އެނގޭ ގޮތުގައި އޭނާއަކީ އިންޑިއަން ކޯސްޓްގާޑުގެ ރާޑާ ޕްލޮޓާ އެކެވެ. އެއީ އެހެން އުޅަނދުތަކުގެ ހަރަކާތްތައް ބެލުމުގެ ޒިންމާ ހަވާލުވެ ހުންނަ މީހާއެވެ.

އޭނާއާ ޖެހިގެން ހުރީ ކޯސްޓްގާޑު މަނަވަރުތަކުގެ ހުރިހާ ހަތިޔާރަކާއި ހަތިޔާރު ސިސްޓަމް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައި ހުންނަ ގަނާއެކެވެ.

ވީޑިއޯ އިން ފެންނަ ގޮތުން އިންޑިއާ ސިފައިން އެރި ތިން މަސްދޯނިވެސް އޮތީ ކައިރި ކައިރީގަ އެވެ. އަދި އެ ދޯނިތައް ކައިރީގައި އިންޑިއާ ކޯސްޓްގާޑުގެ ދެ މަނަވަރެއް ހަރަކާތްތެރިވަމުން ދިޔަ އެވެ.

 

އިތުރު ތަފުސީލު އަންނަނީ …