ނޮވެމްބަރ 23, 2024

ހައްޖު ކޯޕަރޭޝަންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަނީ

ހައްޖު ކޯޕަރޭޝަންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމަށް މަސައްކަތްކުރަމުންދާތީ ސަމާލުވުމަށް އެދިއްޖެ އެވެ.

ހައްޖު ކޯޕަރޭޝަނުން މިއަދު ބުނީ މިއަހަރުގެ ހައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރުކުރުމަށް ކަމަށްބުނެ އަމިއްލަ ފަރުދުންތަކެއްގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރުމަށް އެދި އެ ކޯޕަރޭޝަންގެ ނަމުގައި ފޯނު ކޯލުތައް ކުރަމުންދާ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން ވަނީ އެފަދަ ފޯނު ކޯލްތަކަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ. ހައްޖު ކޯޕަރޭޝަނުން ބުނީ އެ ކޯޕަރޭޝަންގެ ހިދުމަތްތަކަށް ފައިސާ ދައްކާނީ ”މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް“ގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓުތަކަށް ކަމަށެވެ.

އަމިއްލަ ފަރުދެއްގެ އެކައުންޓަށް ފައިސާ ޖަމާކުރަން އެ ކުންފުނިން ނާންގާނެ ކަމަށް ވެސް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

އެޗްޑީސީން ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ، ގއ. ވިލިނގިލީ މީހަކަށް ގުޅައި މަކަރާއި ހީލަތުން އެ މީހާގެ އެކައުންޓުން ދެ ލައްކަ ރުފިޔާ ވަނީ ނަގައިފައވެ.

Leave a Reply