މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސްގެ މަގާމަށް ކުރިމަތި ލުމަަށް ހުޅުވައިލައިފިއެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ ރައީސްގެ މަޤާމުގެ އިންތިޚާބު 02 މާރޗް 2024 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.
އެހެންކަނުން އެ މަޤާމަށް ކުރިމަތިލުމަށް އެދޭ މެންބަރުންނަށް އެފުރުޞަތު މިއަދުން ފެށިގެން 20 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ހުޅުވާލެވިފައިވާކަމަށެވެ.
އަދި އެޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް އެދޭ މެންބަރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ފުރިހަމަކޮށްފައިވާ ކުށާއި ދަރާނީގެ ރިކޯޑާއި އެކު ޕާޓީގެ ވެބްސައިޓުގައިވާ ގޫގުލްފޯމް ފުރިހަމަކޮށް ހުށައެޅުމަށެވެ.
އެމްޑީޕީގެ ރައީސްގެ މަގާމް ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.




ގުޅުންހުރި
ސޯލިހާއި ނަޝީދު އަދި ފައްޔާޒްގެ އަރައިރުންގަނޑެއް
އިންތިހާބު ކާމިޔާބުވާނެކަމުގެ މަންޒަރު ދެއްކުމުން، ސޯލިހަށް މުޅިން ”ހަރާބުވި“: ނަޝީދު
ޗެއާޕާސަން ފައްޔާޒްގެ ފަހު ބަސް: ހިތަށް ވީ ތަދުގެ ބަދަލު ހޯދަން
އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުން ފައްޔާޒް އިސްތިއުފާ ދެއްވައިފި
ސާޖިދާއަށް އެމްޑީޕީ އާއި ފައްޔާޒްގެ ކިބައިން ބަދަލު ހޯދޭނެ: ފެމިލީ ކޯޓު
މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް ފައިސާދިނުން ހުއްޓުވުމަށް އެމްޑީޕީން ކޯޓަށް ދަނީ