ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު، އަރިހުގައި ތިއްބެވި އެންމެން މިހާރު އެ މަނިކުފާނު ދޫކޮށް ހިނގައްޖެ ކަމަށާއި މިހާރު ރައީސް ހުންނެވީ އެކަނިވެރިވެފައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ ވއެވެ.
އިންޑިއާގެ ރިޕަބްލިކް ނަމަކަށް ކިޔާ ޓީވީ ޗެނަލެއްގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، ރައީސް މުއިއްޒުގެ ވެރިކަން ވެއްޓެނީތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، ރައީސް މުއިއްޒަށް ވެރިކަމަށް އާދެވުނީ ދެ ސަބަބަކާހުރެ ކަމަށެވެ.
ފުރަތަމަ ކަމަކީ އެމްޑީޕީ ދެބައިވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިކަށިވުން ކަމަށާއި ދެވަނަ ސަބަބަކީ އެމްޑީޕީން ވަކިވި މެންބަރުންނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން މުއިއްޒަށް ތާއީދު ކުރެއްވުން ކަމަށް ވިދާޅުވި އެވެ.
”މިހާރު ރައީސް މުއިއްޒުގެ އަމއިްލަ ޕާޓީ ދެބައިވެ، ރައީސް ޔާމީން ރައީސް މުއިއްޒުއާ ފެޔަށް ޖެހިވަޑައިގެންފި. މިހާރު އެކަކުވެސް ރައީސް މުއިއްޒު ކައިރިއަކު ނެތް. އެ ހުރީ ވަރަށް ބޮޑަށް އެކަހެރިވެފައި،“ ސިޔާސީ ކަންކަމުން ފެޔަށް ޖެހިވަޑައިގެން ގާނާގައި ދިރިއުޅުއްވަމުން ގެންދަވާ ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތް ގޮތް ސާފުވެގެންދާނެ ކަމަށެވެ. އަދި ރައްޔިތުން ރަނގަޅު ގޮތެއް ނިންމަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ގުޅުންހުރި
ރައީސް މުއިއްޒަށް ތުހުމަތުވާ ކޮރަޕްޝަންގެ ވާހަކަ ދެއްކުމުން މަޖިލިސް ރައީސް އެންގެވީ
އޭސީސީ އާއި އީސީގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސަށް
އާބާދީގައި 10،000 ހަމަކުރީ އޮޅުވާލައިގެން ކަމަށްބުނެ ތިނަދޫގެ ސިޓީގެ ދަރަޖަ ބާތިލުކުރަން
ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ރާއްޖެއަން
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ފަލަސްތީނުގެ ބަހެއް ހޯދަންޖެހޭ: ފަލާހު
ނަޝާތާއި ޒާހިރު އަދި އާސިފަށް އިންތިހާބަށް ނުފޫޒު ފޯރުވައި، ޑޭޓާބޭސް ވިއްކުމުގެ