ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިއަންނަ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ބާއްވާތީ އޯލެވެލް އިމްތިހާނު ބާއްވާ ދުވަހަށް ބަދަލުތަކެއް ގެނެސްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ މަޖިލިސް އިންތިހާބު މިމަހުގެ 21 ވަނަ ދުވަހު ބާއްވަން ނިންމާފައި ކަމަށެވެ. މިއަހަރުގެ ދިރާސީ ކަލަންޑަރުގައިވާ ގޮތުން ގްރޭޑު 8،9 އަދި 10 ގެ ދަރިވަރުންގެ އޯލެވެލް އިމްތިހާނު ބާއްވަން ނިންމާފައިވަނީ އެޕްރީލް މަހުގެ 16 އިން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެ ތާރީހުގައި މަޖިލިސް އިންތިހާބު ބާއްވާތިއާއި މަޖިލިސް އިންތިހާބަށް ސްކޫލްތަކުގެ ހޯލު އަދި ކްލާސްރޫމު ބޭނުންވާނެތީ އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އެންގީ އޯލެވެލް އިމްތިހާނު މި މަހުގެ 17 އާއި އޭޕްރީލް މަހުގެ 25 އާއި ދެމެދުގެ ރަސްމީ ދުވަސްތަކުގައި ބޭއްވުމަށެވެ.
އެޕްރީލް މަހުގެ 20 ވަނަ ދުވަހު އިމްތިހާނު ބާއްވަން ސްކޫލަކުން ބޭނުންވާނަމަ، އެކަން އީސީގެ ފޯކަލް ޕޮއިންޓަށް އަންގައި މަޝްވަރާކުރަން ވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
ގުޅުންހުރި
އަރަބިއްޔާގެ މަސައްކަތް ނުފެށީ 80 މިލިއަން ރުފިޔާ ސަލާމަތްކުރަން: މިނިސްޓަރު
އެކެޑަމިކް ކަލަންޑަރު: ފުރަތަމަ ޓާމު ޗުއްޓީ ފަށާނީ ޖުލައި 25ގައި، ބޮޑު
4،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޭލެވެލް އިމްތިހާން ފަށައިފި
މުވައްޒަފުން އާއިލާއަށް ދޭ ވަގުތު މަދުވާތީ، އެ ވަގުތު އިތުރުކުރަން ބާރު
ސްކޫލުތަކުގެ ހަރަކާތްތައް ހުކުރު ދުވަހު ނުބާއްވަން އަންގައިފި
ކްލާސްތަކަށް ވަކިވަކި ވައިބާ ގުރޫޕް ނުހަދަން އަންގައިފި